މެމްބަރުން ހަމަނުވާ ޕާޓީތަކަށް މެމްބަރުން ހަމަކުރުމުގެ ފުރުޞަތު މިރޭ 10 ޖެހުމާ ހަމައަށް އިތުރުކޮށްދީފި

ފިއްލަދޫ ކައުންސިލްގެ ބައި-އިލެކްޝަންގެ ވޯޓުލުން ނިންމައި ވޯޓު ގުނުން ކުރިއަށްދަނީ: ފޮޓޯ އިލެކްޝަން

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އަދަދަށް މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކަށް މެމްބަރުން ހަމަކުރުމުގެ ފުރުޞަތު މިރޭ 10 ޖެހުމާއި ހަމައަށް އިތުރުކޮށްދީފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މި ފުރުޞަތު ދީފައި މިވަނީ މެމްބަރުން ހަމަނުވާ ޕާޓީތަކަށް މެމްބަރުން ހަމަކުރުމަށް ދިން މުއްދަތު މިއަދު މެންދުރު 2 ޖެހުމާއެކު ހަމަވުމުންނެވެ. އަދި މެމްބަރުންގެ އަދަދު ހަމަނުވާ ޕާޓީތަކުން މުއްދަތު އިތުރުކޮށް ދެއްވުމަށް އެދުމުންނެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވެވޭނީ 3000 މެމްބަރުން އެޕާޓީއެއްގައި ތިބެގެންނެވެ. އެހެންނަމަވެސް ޤާނޫނުގައިވާ ގޮތަށް 3000 މެންބަރުންގެ ސޮޔާއިއެކު ޕާޓީ ރަޖިސްޓްރީ ކުރި ނަމަވެސް އެކި ސަބަބުތަކާއި ހުރެ ޕާޓީން މެންބަރުން ވަކިވުމުގެ ސަބަބުން ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ) އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނޯޓިސް ފޮނުވާފައެވެ.

އޭގެ ތެރެއިން އެމްއާރުއެމް އާއި އެމްޓީޑީން މެމްބަރުންގެ އަދަދު ހަމަކޮށްފައިވާކަން އިލެކްޝަންސް ކޮމިޝަނުން ވަނީ އެޕާޓީތަކަށް އަންގާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.