
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުކަމަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
އެފުރުސަތު ހުޅުވާލީ އެކޮމިޝަންގެ މެމްބަރު އަދި ނާއިބު ރައީސް އަމްޖަދު މުސްތަފާގެ މެމްބަރުގެ ކަމުގެ ދައުރު އަންނަ ނޮވެމްބަރު މަހު 24 އަށް ހަމަވާތީއެވެ.
މި ފުރުޞަތު ހުޅުވާލައިފައިވަނީ ސެޕްޓެމްބަރު 11 އިން ފެށިގެން 16 ވަނަ ދުވަހުގެ 2:00 އާ ހަމައަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.