މާބްލް ބަރުކޮށްފައިހުރި ކޮންޓެއިނަރެއްގެ ތެރޭގައި ދެ ބިދޭސީން ތާށިވެ، އެކަކު މަރުވެއްޖެ

މާބްލް ބަރުކޮށްފައިހުރި ކޮންޓެއިނަރެއްގެ ތެރޭގައި ދެ ބިދޭސީން ތާށިވެ، އެކަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ފޭސް 2 ގެ ޑިންގީ ޖެޓީ ސަރަހައްދުގައި ކޮންޓޭނަރަކުން މާބްލް ޝީޓްތަކެއް ހުސްކުރަން އުޅުމުގެ ތެރޭގައެވެ.

ފުލުހުން ބުނީ އެ ހާދިސާގައި ދެ މީހަކު ތާށީވެފައިވާއިރު، އެ ހާދިސާގެ މައުލޫމާތު 3:30 ހާއިރު ކަމަށެވެ.

އެ ހާދިސާގައި ކޮންޓެއިނަރ ތެރޭގައި ތާށިވި، ދެމީހުންގެ ތެރެއިން އެކަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެހެންނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލު އަދިހާމަވާގޮތެއް ނުވެއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.