ހަފުތާއަކު 4 ފްލައިޓާއެކު ބެންކޮކް އެއަރވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށަނީ

ފައިލް ފޮޓޯ

ހަފުތާއަކު 4 ފްލައިޓާއެކު ބެންކޮކް އެއަރވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށަން ނިންމައިފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން އެ އެއަރލައިންސް ގެ ދަތުރުތައް ހުއްޓާލާފައި އޮތުމަށް ފަހު އަލުން ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ.

ބެންކޮކްގެ ސުވަނަބަމީ އިންޓަރނޭޝަނަލް އެއަރޕޯޓުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ފަށާ މިދަތުރުތައް ކުރުމަށް މިހާރުނިންމާފައިވަނީ އާދިއްތަ، ހޯމަ، ބުދަ އަދި ހުކުރު ދުވަހުއެވެ.

މުޅި ދުނިޔެއަށް ކުރިމަތިވި އާލަމީ ވަބާގެ ސަބަބުން ފުރަބަންދުގައި އޮތުމަށްފަހު ތައިލެންޑް އަލުން ހުޅުވާލާފައިވާއިރު، ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކުން ތައިލެންޑްގައި ކަރަންޓީން ވާކަށް ނުޖެހެއެވެ.

ތައިލެންޑަކީ ވިޔަފާރިއާއި އަދި ޗުއްޓީ ހޭދަކުރުމަށާއި އެހެނިހެން ބޭނުންތަކަށް ވެސް ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާ މަންޒިލަކަށްވާއިރު، ބެންކޮކް އެއަރލައިންގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށުމަކީ އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންނާއި އެކި ބޭނުންތަކަށް ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަވެގެންދާނެކަމެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.