ރާއްޖޭގެ ގުދުރަތީ ވެށީގެ ރައްކާތެރިކަމަކީ ރާއްޖޭގެ ކުރިމަގާއި ސީދާ ގުޅިފައިވާކަމެއް: ސަބްރާ

ފޮޓޯ: ޕީއެސްއެމް

ރާއްޖޭގެ ގުދުރަތީ ވެށީގެ ރައްކާތެރިކަމަކީ ރާއްޖޭގެ ކުރިމަގާއި ސީދާ ގުޅިފައިވާކަމެއް ކަމަށް ސްޕެޝަލް އެންވޯއި ފޯރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހިމް ނޫރައްދީން ވިދާޅުވެއްޖެއެވެ.

ޔޫއެންޑީޕީގެ "އައިލެންޑް ލައިފް މެގަޒިން"ގެ 6 ވަނަ ޢަދަދު ނެރެދެއްވާ ވާހަކަ ދައްކަވަމުން ސަބްރާ މިހެން ވިދާޅުވީ ރާއްޖޭގައި މިހާރުވެސް ހިންގާ ތަރައްޤީގެ ބިޔަ މަޝްރޫޢުތައް ހިންގުމުގައި ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ބަރޯސާވުމުގައި އަދިވެސް ގޮންޖެހުންތަކެއް ހުރިކަމަށެވެ.

އެގޮތުން ބަނދަރުތައް ތަރައްޤީކުރަންޖެހެނީ ރަށްރަށުގެ ވަށައިގެންވާ ވެލިގަނޑު ދައުރުކުރާނެ ފަދަ ގޮތަކަށް ނަމަވެސް އެއީ ޚަރަދު ބޮޑު އަދި އެކަމަށް ރައްޔިތުންގެ އެއްބަސްވުން ވެސް ނުލިބޭ ކަމެއްކަން ވަނީ ފާހަގަ ކުރައްވާފައެވެ.

އެހެންނަމަވެސް ދިރާސާތަކުން ހާމަވަމުންދަނީ ހަމައެކަނި ބަލަން ތިބެންވެން ނެތް ހަގީގަތަކަށްވާއިރު ރާއްޖެއިން ބައިނަލްއަޤުވާމީ މައިދާނުގައި ވެސް ތިމާވެށީގެ މައްސަލަތަކުގައި އަޑުއުފުލަނީ މިއީ ދިވެހިންގެ ކުރިމަގާއި ގުޅިފައިވާ ކަމެއްކަމުގައިވާތީ ކަމަށް ޞަބްރާވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.