
އެމްޑީޕީއަކީ ރައްޔިތުންގެ ތާއީދެއްނެތް ގަބޫލު ނުކުރާ ބައެއްކަން މިހާރު ހިނގަމުންދާ ވެރިކަމަށް ބަލައިލުމުން ސާފުވާނެކަމަށް ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، 2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމެވިކަން އިއުލާން ކުރައްވާ ދެއްކެވި ވާހަތަކަށް ރައްދު ދެއްވައެވެ.
ޝުޖާ ވިދާޅުވީ ރައީސް ޞާލިހު އިންތިޚާބަށް އިއުލާން ކުރެއްވުމަކީ އިންތިޚާބު ކާމިޔާބު ކުރުމަށް ޕީޕީއެމްއަށް ލިބިގެންދިޔަ ބޮޑު ފަސޭހައެއް ކަމަށެވެ.
ރައީސް ސާލިހަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ ކަމާއިމެދު ސުވާލު އުފައްދައި، ޝުޖާ ވިދާޅުވީ ރައީސް ޞާލިހު ވެރިކަމަށް އުންމީދު ކުރަނީ ނިމިދިޔަ އިންތިޚާބު އޮޅުވާލައިގެން ކާމިޔަބު ކުރުމުގައި އެހީތެރިވި ބައިވެރިންގެ މަދަދާއި އެކުގައިކަމަށެވެ. އެހެންނަމަވެސް އެމީހުންވެސް މިއަދުތިބި ގޮތެއް ރައީސް ޞާލިހަށް ސާފު ނުވާކަމަށް ވެސް ޝުޖާ ވިދާޅުވިއެވެ.
މީގެ އިތުރުން އިލެކްޝަން ކޮމިޝަނުން، ޕީޕީއެމުން އޮޅުވާލައިގެން މެމްބަރުން ބަދަލުކުރާކަމަށް ދައްކާ ވާހަކަތަކަށް ރައްދު ދެއްވާ އޭނާ ވިދާޅުވީ އަދާލަތު ޕާޓީއަށް 10،000 މެމްބަރުން ހަމަކުރުމަކީ، މިސަރުކާރުން ވެރިކަމަށް ގެނައުމަށް ރައީސް ޞާލިހު ވެފައިވާ ވައުދުތަކުގެ ތެރޭގައި ވެފައިވާ ވައުދެއްކަމަށެވެ.
" އެވައުދު ފުއްދާފައިވަނީ އިލެކްޝަނާއި ގުޅިގެން. ޕީޕީއެމްގެ ގިނަ މެމްބަރުން ވަގަށް ނަގައިގެން. ވެރިކަމުގެ ތެރޭގައި ހިންގަމުންދާ ތަފާތު އެކި ޤާނޫނާއި ޚިލާފް އަމަލުތަކާއިއެކު ރައީސް ޞާލިހުގެ ނަން ވޯޓު ކަރުދާހުގައި ނޯންނާނެކަމުގެ ޔަގީންކަން އެބައޮތް." ޝުޖާ ވިދާޅުވިއެވެ.