އީދު ދުވަހުގެ މާރާމާރީ އާ ގުޅިގެން ހޯދަމުންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
މިދިޔަ މަހުގެ ދެވަނަ ދުވަހު މާލޭގައި ހިންގި މާރާމާރީތަކާ ގުޅިގެން ހޯދަން އިއުލާނުކޮށްފައިވާ މީހުންގެ ތެރެއިން އެންމެފަހުން ހައްޔަރުކޮށްފައިވަނީ ސ. މަރަދޫ/ ކޮރަލް، އަޙްމަދު ސާތިއު (21އ) އެވެ. އޭނާ ހައްޔަރުކުރީ ރޭގެ ވަގުތެއްގައެވެ.
ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި ފިތުރު އީދު ދުވަހު ހެނދުނު ހިންގި މާރާމާރީއާ ގުޅިގެން ހަތް މީހަކު ހޯދުމަށް ކުރިން އިއުލާނުކޮށްފައިވާއިރު، މިހައިތަނަށް ހަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
އެއީ ސާތިއު އާއި ތ. ތިމަރަފުށި/ ސީނުގެ، އަޙްމަދު ޝިމްހާޒު (22އ) އާއި ކ. މާލެ/ މ. ލޮނުމިދިލިގެ، ލޫތު އަޙްމަދު އާސިފް (18އ) އާއި ގދ. ވާދޫ/ އުނިމާގެ، ޙަސަން ޒިޔާން އިބްރާހިމް (18އ) ގއ. ގެމަނަފުށި/ ކެނެރީގެ، އަޙްމަދު ނާޒިހު (27އ) ގެ އިތުރުން 15 އަހަރުގެ ކުޑަ ކުއްޖެކެވެ.
މިމީހުންގެ ތެރެއިން ކުޑަކުއްޖާ ފިޔަވައި ދެން ތިބި ހަތަރު މީހުން ވެސް ތަހުގީގު އަދި ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ކުޑަކުއްޖާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަތަރު ވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުންވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ.
އެ މައްސަލައާ ގުޅިގެން ހޯދަމުންދާ މީހުންގެ ތެރެއިން ނުފެންނަ މީހުންނަކީ
- ކ. މާލެ/ ދަފްތަރު ނަންބަރު ރސ2260، މަޢުސޫމް މުޙައްމަދުދީދީ (27އ)
- ގއ. މާމެންދޫ/ ގްލޭނޫރަންމާގެ، އަޙްމަދު ރަބީއު (24އ)
- ސ. ހުޅުދޫ/ ނާދީ، މުނާދު ޖައުފަރު (20އ)