ކޮންޓެއިނަރއެއްގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކު ކުރެވިގެން ބަލާ ފާސްކުރަނީ

ޓޮމާޓޯ ޕޭސްޓް އަޅާފައިހުރި 40 ފޫޓްގެ ކޮންޓެއިނަރއެއްގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކު ކުރެވިގެން ބަލާ ފާސްކުރަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކްލިއަރ ކުރި ކޮންޓެއިނަރ އެކެވެ. އަދި އެ ކޮންޓެއިނަރއިން ދެ ޕެލެޓްގެ މަސްތުވާތަކެތި ވެސް ވަނީ ފެނިފައެވެ.

ރޭ ފަތިހުން ފެށިގެން ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ކޮންޓެއިނަރ ބަލާ ފާސް ކުރުމުގެ މަސައްކަތް ކުރަމުން ދިޔަނަމަވެސް މިހައިތަނަށް މާބޮޑު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.