ރައީސް ސާލިހު މާމިގިއްޔަށް ވަޑައިގެންފި

ފޮޓޯ: އަލީ ސާލިހު ޓްވިޓަރ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އދ. މާމިގިއްޔަށް ވަޑައިގެންފިއެވެ.

ޖުމްހޫރީ ޕާޓީގެ އިސްތަރުޖަމާން އަލީ ސާލިހު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޯލިޝަންގެ ރައިސް އދ. މާމިގިއްޔަށް ވަޑައިގަތުމުން އެދާއިރާގެ މެމްބަރު އަދި ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް ރަތް ދޫލައިގެ މަރުހަބާއެއް ދަންނަވާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އަދިހާމައެއް ނުކުރައްވައެވެ.

ޖުމްހޫރީ ޕާޓީން މީޑިއާއަށް މައުލޫމާތު ފޯރުކޮށްދިނުމަށް ހަދާފައިވާ ވައިބަރ ގްރޫޕުގައި އަލީ ސާލިހު ވިދާޅުވީ ކުރިއަށް އޮތް ވަގުތުތަކުގައި އިތުރު މައުލޫމާތު ހާމަކުރައްވާނެ ކަމަށެވެ.

ފޮޓޯ: އަލީ ސާލިހު ޓްވިޓަރ

ރައީސް ސާލިހު މާމިގިއްޔަށް ވަޑައިގެންފައި މިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައިވާ ދަނޑިވަޅެއްގައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ކޯލިޝަން ވެރިކަމެއްގައި އެމަނިކުފާނަކީ ހަމައެކަނި އޮތް ޗޮއިސް ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.