އެމްއެންޕީ އާއި މޯލްޑިވްސް ޔުނިފައިޑް ގޭމިންގ ގުޅިގެން ޕީއެސް5 ފުޓްބޯލް މުބާރާތެއް ބާއްވަނީ

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާއި މޯލްޑިވްސް ޔުނިފައިޑް ގޭމިންގ ގުޅިގެން ޕީއެސް5 ފުޓްބޯލް މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

އެމްއެންޕީން ބުނީ މި މުބާރާތުގައި 400 އަށްވުރެ ގިނަ ބައިވެރިންނާއެކު 200 އަށްވުރެ ގިނަ ޓީމު ވާދަކުރާނެ ކަމަށެވެ.

ހިލޭ ބައިވެރިވެވޭގޮތަށް ހުޅުވާލި މި މުބާރާތް ފަށާނީ މި ޖޫން މަހުގެ 9 ވާ ބްރާސްފަތި ދުވަހު ކަމަށާއި މި މުބާރާތުގެ އެކި ވަނަތަކަށް އިނާމު ހުށަހަޅާފައިވާ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

އެގޮތުން އެއްވަނަ އަށް 8000 ރުފިޔާގެ އިނާމެއް ލިބޭއިރު، ދެވަނައަށް 5000 އަދި ތިންވަނައަށް 3000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. އަދި ހަތަރު ވަނައަށް އެއްހާސް ރުފިޔާ ދޭއިރު، ފަސްވަނައިން ފެށިގެން އަށްވަނައަށް ކޮންމެ ފަރާތަކަށް 500 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ޓޮޕް ސްކޯރިންގ ޓީމަށް އެއްހާސް ރުފިޔާ ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

އެމްއެންޕީން ބުނީ މި މުބާރާތް ހަތަރު ދުވަހަށް ނުވަތަ ފަސް ދުވަހަށް ކުރިއަށްދާނެ ކަމަށާއި މުބާރާތް އޮންނާނީ އެޕާޓީގެ ޖަގަހައިގާ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.