
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ސްކޮލަރޝިޕަށް އެދުމުގެ ފުރުޞަތު މި މަހު 26 ގެ ނިޔަލަށް ހުޅުވާލައިފިއެވެ.
އެ އޮތޯރިޓީން ބުނީ ހުރިހާ ޚަރަދެއް ކުރާޏި އެމްއެމްއޭ އިން ކަމަށާއި މިފަހަރު ފުރުސަތު ހުޅުވާލާފައިވަނީ އިނގިރޭސިވިލާތުގައި އެކްޗޫރިއަލް ސައިންސްގެ ދާއިރާ އިން ޕޯސްޓް ގްރެޖްއޭޓް ޑިގްރީއަށް ކިޔެވުމަށް ކަމަށެވެ.
މިއީ އެއް އަހަރު ދުވަހުގެ މުއަދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސްކޮލަރޝިޕަށް މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އިންޓަރވިއު ކުރުމަށްފަހު މާކްސް ދީގެން ކަމަށް ވެސް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
މި ސްކޮލަރޝިޕަށް ކުރިމަތިލުމަށް ފުރަންޖެހޭ ފޯމް އެ އޮތޯރިޓީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.