
ފެނައިން އަތޮޅުތެރޭގައި ހިންގާ މަޝްރޫއުތަކަށް ހުއްޓުމެއް ނެތި ހަލުވި ސްޕީޑުގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެ ކުންފުނިން ބުނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ހުއްޓުމެއްނެތި މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.
އެގޮތުން ތ. ވޭމަންޑޫ ޑިސްޓްރިބިއުޝަން ނެޓްވޯރކް އަޕްގްރޭޑް ކުރުމަށް ޓްރާންސްފޯމަރ ބަހައްޓާ ދެ ހަޓް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން ގއ. ވިލިނގިލި ޑިސްޓްރިބިއުޝަން ނެޓްވޯރކް އަޕްގްރޭޑް ކުރުމަށް ޓްރާންސްފޯމަރ ބަހައްޓާ ހަޓް އިމާރާތް ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާކަމަށް ބުންޏެވެ.
ފެނަކައިން ބުނީ ފުވައްމުލަކު ކަރަންޓް ހާލަތު ރަނގަޅުކުރުމަށް ފޮނުވި 1.2 މެގަވޯޓްގެ ޖެންސެޓް އިންސްޓޯލް ކުރުމަށް ޖެންސެޓް ބަހައްޓާ ހަޓް ހެދުމުގެ މަސައްކަތް ވެސް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.