އުލިގަމާއި ފިނޭ އިންޖީނުގޭގެ ބިންގާ އަޅައިފި

ހއ. އުލިގަމާއި ފިނޭގައި އަލަށް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ އިންޖީނުގޭގެ ބިންގާ މިއަދު އަޅައިފިއެވެ.

އުލިގަމު އިންޖީނުގޭގެ ބިންގާ އަޅުއްވައި ދެއްވީ ފެނަކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދާއި ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރ އަޙުމަދު ސަލީމެވެ.

އުލިގައުމުގައި އަލަށް އަޅާ އިންޖީނުގޭގެ މަސައްކަތް ފެނަކައިން ޙަވާލުކޮށްފައިވަނީ 2 އެލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުންޏާ މިމަސައްކަތް ޙަވާލުކޮށްފައިވަނީ 170 ދުވަސް ތެރޭގައި ނިންމާ ގޮތަށް، 5.599454.10 ރުފިޔާއަށެވެ.

ފިނޭ އިންޖީނުގޭގެ މަސައްކަތް ފެނަކައިން ޙަވާލުކޮށްފައިވަނީ އެލް.އެފް ކޮންސްޓްރަކްޝަންއާއެވެ. އެމަސައްކަތް ނިންމަން އެކުންފުނިން އެއްބަސްވެފައިވަނީ 2020 ވަނަ އަހަރު އެޕްރީލް 19 އަށެވެ.  އެމަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ނޮވެމްބަރ 14 ގައެވެ. އެ މަޝްރޫޢަށް  5249479.62 ރުފިޔާ ޚަރަދުވެއެވެ.

ފެނަކައިން މަސައްކަތް ކުރަމުން ގެންދަނީ މިއަހަރު ނިމުމުގެ ކުރިން މުޅިން އަލަށް 30 އިންޖީނުގެއެއް އެޅުމަށެވެ. ނުވަތަ ބިންގާ އެޅުމަށެވެ. މި ޢަދަދަށް ވާސިލްވާން ދެން ބާކީ ހުރީ ތިން އިންޖީނުގެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.