އެއްދުވަހަކު، ބޯޓު ދަތުރުކުރާބަޔަކު، އެބައިމީހުންގެ ބޯޓު ފުރަން ތައްޔާރު ކުރިއެވެ. އެއީ ވަރަށް ދުރު ދަތުރެކެވެ. ބޯޓުގެ ފަޅުވެރިންގެ ތެރެއިން އެކަކު، އޭނާގެންގުޅޭ ރާމާމަކުނު ގެނައެވެ. އެދަތުރުގައި އޭނާއާއެކު ގެންގުޅުމަށެވެ. ދަތުރަށްފެށިތަނާ، ވައިގަދަވެފައި ކަނޑުގަދަވެ، ވަރަށްގަދަ ކޮޅިގަނޑެއްގައިޖެހުނެވެ.
ބޯޓުގެ އެނމެން ކަނޑުވެއްޖެއެވެ. ފަޅުވެރިޔާ ގެންދިޔަ މަކުނުވެސް ކަނޑުގެ ރާޅުތަކާއެކު ފެންމަތީ އޮވެވޭތޯ ބަލަމުން ގެންދެއެވެ. އެސޮރަށް ފެންމަތީ އޮވެވެނީ ކިރިޔަ ކިރިޔާއެވެ. ކުއްލިޔަކަށް ކޯމަހެއް ފައުޅުވިއެވެ. އަދި ކޯމަހުގެ ބުރަކަށިމައްޗަށް ރާމާމަކުނު ލިއެވެ. އަދި، ގަދަ ކަނޑުގައި މަޑުމަޑުން ދަތުރުކުރަމުން ގެންދެއެވެ. އިރުގަނޑަކު ގަދަ ކަނޑުގައި ތެޅުމަށްފަހު ހިކިފަސްތަނަކަށް އައުދެވުނެވެ. އަދި ރާމާމަކުނު، ކޯމަހުގެ ބުރަކަށިމަތިން ފުންމާލިއެވެ. ކޯމަސް، ރާމާމަކުނާ ސުއާލުކުރިއެވެ.
"މިއީ ކޮންރަށެއްކަން އެނގޭ ހެއްޔެވެ؟"
"އާނއެކެވެ. މިއީ ކޮންރަށެއްކަން އަހަރެންނަށް އެނގެއެވެ." ރާމާމަކުނު ޖަވާބު ދިނެވެ.
"އަދި ބުނަން ހެއްޔެވެ؟ މިރަށުގެ ރަސްގެފާނަކީ އަހަރެންގެ ގާތް ރަޙުމަތްތެރިޔެކެވެ. އެނގޭ ހެއްޔެވެ؟ އަހަރެންނަކީ ޕްރިންސެކެވެ." އެރަށުގައި އެއްވެސް ދިރޭ އެއްޗެއް ނޫޅޭކަން އެނގިހުރެ، ކޯމަސް ބުންޏެވެ.
"އެހެން ހެއްޔެވެ؟ ތިޔައީ ޕްރިންސެއް ހެއްޔެވެ؟ އެހެންކަމަށްވަންޏާ ކަލެއަށް ރަސްކަލަކަށްވެސް ވެވިދާނެއެވެ."
ރާމާމަކުނު ސުއާލުކުރިއެވެ.
"އަހަރެން ރަސްކަލަކަށްވާނީ ކިހިނެއް ހެއްޔެވެ؟" ރާމާމަކުނު ކުރި ސުއާލަށް ޖަވާބުދެމުން ކޯމަސް ދަތުރު ފެށިއެވެ.
"އެއީ ދާދި ފަސޭހަ ކަމެކެވެ. މިރަށުގައި ހަމައެކަނި ދިރިހުރި އެއްޗަކަށް ތިއުޅެނީ ކަލެއެވެ. އެހެންކަމަށް ވަންޏާ ކަލެއަށް ރަސްކަލަކަށްވެސް ވެވިދާނެ ނޫން ހެއްޔެވެ. ދޮގުހަދާމީހާއަށް އަބަދުވެސް ކުރިމަތިވާނީ ނުރައްކަލާއި މައްސަލައެވެ. ރާމާމަކުނަށްވެސް އެދިމާވީ އެޙާލަތެވެ. އެވަގުތު ރާމާމަކުނު ފިޔަވައި އިތުރު ދިރޭ އެއްވެސް އެއްޗެއް އެރަށަކު ނެތެވެ. ކައިބޮއި އުޅުމަކީވެސް އުނދަގޫ ކަމެކެވެ."