އައިޔޫއެމް އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކީރިތި ޤުރުއާން އުގަންނައިދިނުމުގެ ޙަލަޤާތަކެއް ކުރިޔަށް ގެންދަނީ

އައި ޔޫ އެމް ގެ ކުއްލިއްޔާ އޮފް ޤުރުއާން އެންޑު ސުންނާއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން މިރަމަޟާން މަހު މާލެ ހުޅުމާލެ ވިލިމާލެ ހިމެނޭ ގޮތުން 11 މިސްކިތެއްގައި ކީރިތި ޤުރުއާން އުގަންނައިދިނުމުގެ ޙަލަޤާތަކެއް ކުރިޔަށް ގެންދިއުމަށްނިންމައިފިއެވެ.

މިގޮތުން ކޮންމެ މިސްކިތެއްގައިވެސް އަޞްރު ނަމާދަށްފަހު ހަފްތާ އަކު 4 ދުވަހު ކީރިތި ޤުރުއާން ތަޖްވީދު މަގަށް ކިޔަވަން ބޭނުންވާ ފަރާތްތަކަށް ޤާރިއަކާއި އެކު ވަގުތު ހޭދަކުރުމުގެ ފުރުޞަތު ތަނަވަސް ވެގެންދާނެއެވެ.

މި ޙަލަޤާތަކުގައި ކިޔަވައިދެއްވާނީ ރާއްޖޭގެ ފުންނާބުއުސް ޤާރީން ކަމުގައިވާ މުޙައްމަދު ތައުފީޤް ޢަލީ، މުޙައްމަދު ރިޔާޟް، މުޙައްމަދު ނަޢީމް އަޙުމަދު ފިކުރީ، ޢަބްދުލް ވާޙިދު ޢަބްދުﷲ، އިބްރާހިމް ރަމްޒީ، އިބްރާހިމް ޝިފާޢު، މުހައްމަދު އަސްލަމް، އިބްރާހިމް ޒުހައިރު، މުހައްމަދު ޝިނާން މުނީރު، މުޙައްމަދު ވަޙީދު އަދި އިބްރާހިމް ޝަރީފް އެވެ.

މި ބޭފުޅުން ކިޔަވައިދެއްވާނެ މިސްކިތްތަކާއި ގަޑިތައް އައި.ޔޫ.އެމް ގެ ރަސްމީ ފޭސްބުކް ޕޭޖުން http://Islamic University of Maldives - IUM އިން ލިބިވަޑައިގަންނަވާނެއެވެ.

މިޙަލަޤާތައްކުރިޔަށްދާނީ ކޮންމެ ހަފްތާއަކު އާދީއްތަ، ހޯމަ، އަންގާރަ އަދި ބުދަ ދުވަހުގެ އަޞުރު ނަމާދަށްފަހު އެ ޤާރީއަކަށް ކަނޑައަޅުއްވާފައިވާ މިސްކިތެއްގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.