
ރ. ރަސްމާދޫ އާއި ފައިނު ސްކޫލުގައި ތިން ބުރީގެ ޢިމާރާތެއް އެޅުމަށް ސްވިފްޓް އިންޖިނިއަރިންގ އާ ހަވާލުކޮށްފިއެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ. ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ މުޙައްމަދު ޒުބައިރެވެ.
މި އެއްބަސްވުމުގެ ދަށުން ރަސްމާދޫ ސްކޫލުގައި އަޅާ ތިން ބުރީގެ އިމާރާތަށް 12.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާއިރު، ފައިނު ސްކޫލުގައި އަޅާ ތިން ބުރީގެ އިމާރާތަށް 15.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް މިނިސްޓްރީން ލަފާކުރެއެވެ.
މި ދެ މަޝްރޫޢު ވެސް ޙަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.