ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އެމަނިކުފާނު މިއަދު ކުރެއްވި ޓުވީޓެއްގައި ހާމަ ކުރައްވާފައިވާ ގޮތުގައި ޕޮޒިޓިވް ވީކަން އެނގިވަޑައިގަތީ ކޮމަންޑޫ ދާއިރާގެ ކެމްޕޭނަށްޓަކައި ފުރާވަޑައިގަންނަވާން ވެގެން ރޭ ހެއްދެވި ޓެސްޓުގެ ނަތީޖާ ލިބިވަޑައިގަތީމައެވެ. ޕޮޒިޓިވް ވީ ނަމަވެސް ހާލުކޮޅު ރަނގަޅު ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ކުރިން ހަމަޖެހިފައި އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދުގެ ވަގުތެއްގައި ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވާނެއެވެ.