އިރާނާ މުއާމަލާތްކުރުމުގައި އޭނާގެ ފުރަތަމަ އިޚްތިޔާރަކީ ޑިޕްލޮމަސީ ކަމުގައި އެމެރިިކާގެ ރައީސު ޖޯބައިޑަން ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ މިހާރު އެމެރިކާއަށް ޒިޔާރަތްކުރަމުންދާ އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓްއާ ވައިޓް ހައުސްގައި ބަައްދަލުކުރައްވައި ދެެއްެކެވި ވާހަކަފުޅުގައެވެ. ބައިޑަން އޭނާ އެހެން ގޮތަކާމެދު ވިސްނަވާނީ ނިއުކުލިޔާ އެެއްބަސްވުން އަލުން 'ދިރުވުމަށް' ކުރާ މަސައްކަތް ކާމިޔާބުނުވެއްޖެނަމައެވެ.
އީރާނާ ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު ވެފައިވާ ނިއުކުލިޔާ އެއްބަސްވުމަށް އެމެރިކާ އެނބުރި އައުމަށް އިސްރާއީލުން ދެކޮޅު ހެދި ނަަމަވެސް، ބައިޑަން ސަރުކާރުން އިސްކަންދެނީ ނިއުކުލިޔާ އެއްބަސްވުމަށް އެނބުރި އަައުމަށް ހާމަކުރެއްވުމުން، އިސްްރާއީލުގެ ބޮޑުވަޒީރު ބެެެނެޓް ބުނީ ބައިޑަންގެ ނިންމުމާ މެދު އޭނާ ހިތް ހަމަޖެހޭ ކަމުގައެެވެ. އީރާނާ މުއާމަލާތްކުރާނެ ގޮތާމެދު ބައިޑަން ސަރުކާރުގެ ވިސްނުމާ އިސްރާއީލުގެ ވިސްނުމާ ތަފާތުތަކެއް ހުރިނަަމަވެސް، ބެނެޓް އެކަމާ އިތުރަަށް ވާހަކަދައްކަން ބޭނުން ނުވީ ކަމަށް ވެދާނެއެވެ.
މިއީ ރައީސު ޖޯ ބައިޑަން އިސްރާއީލުގެ އާ ބޮޑުވަޒީރު ނަފްތާލީ ބެނެޓްއާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
"އަހަރުމެން ކުރިއަށް މި ނެެރެނީ ޑިޕްލޮމަސީ. އޭރުން އަހަރުމެންނަށް ދެވެނީ ކޮން ދިމާއަކަށް ތޯ ބަލަނީ." އޯވަލް އޮފީހުގައި އިސްރާއީލުގެ ބޮޑުވަޒީރާ ބައްދަލުކުރެއްވުމަށް ފަހު ބައިޑަން ވިދާޅުވިއެވެ.
"އެހެނަސް، ޑިޕްލޮމަސީ ކާމިޔާބުނުވެއްޖެނަމަ. އެހެން އިޚްތިޔާރުތަކަކީ ކޮބައިތޯ ބަލަން އަހަރުމެން ތައްޔާރު." ބައިޑަން އިތުރަށް ވިދާޅުވިއެވެ.
ބެެނެޓް އެމެރިކާއަށް ގޮސް މިއުޅެނީ އެމެރިކާ ނިއުކުލިޔާ އެއްބަސްވުމަށް އެނބުރި އައުމަށް ކުރާ މަސަައްކަތް ހުއްޓާލަން ރައީސު ބައިޑަން އެއްބަސްވެވަޑައިގަންނަވާތޯ އެކަމަށް މަސައްކަތްކުރުމަށެވެ. މި އެއްބަސްވުމަކީ ރައީސު ބަރަކް އޮބާމާގެ ދައުރުގައި ބައިޑަން ނާއިބު ރައީސަކަށް ހުންނެވިއިރު، އެކުލަވާލެވުނު އެއްބަސްވުމެކެވެ. އެމެރިކާ އެ އެއްބަސްވުމުން ވަކިވީ ރައީސު ޑޮނާލްޑް ޓްރަމްޕްގެ ދައުރުގައެވެ.
އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު މެންޖަމިން ނަތަންޔާހޫ ފަދައިން މިހާރުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓްއަކީވެސް އީރާނާއެކު ވެފައިވާ ނިއުކުލިޔާ އެއްބަސްވުމާ ވަރަށް ދެކޮޅު މީހެކެވެ. އެހެންނަމަވެސް، އިއްޔެ ރައީސު ޖޯ ބައިޑަން އޭނާގެ ވިސްނުން ހާމަކުރެއްވުމުން، ބެނެޓަށް އެ ވިސްނުމާ ސީދާ ދެކޮޅު ހަދާކަށް ނުކެރުނެވެ.
"އީރާނަށް ދުވަހަކުވެސް ނިއުކުލިޔާ ހަތިޔާރު ނެހެދޭނެ ކަމަށް މަނިކުފާނު ވިދާވުމުން އަދި ޑޮޕްލޮމެޓިކް މަގަށް އިސްކަންދެއްވާނެކަން ހާމަކުރެއްވުމުން އުފާވެއްޖެ. އެހެން އިޚުތިޔާރުވެސް އަދި އޮންނާނެ." ބޮޑުވަޒީރު ބެނެޓް ބުންޏެވެ.