އަހަންނާއި މާޖިދާ ދެމީހުންނަށް އުފުލޭ ވަރަށް ވުރެ އެ ފޮށިގަނޑު ބަރެވެ.
އެހީވާން ދެތިން މީހަކު އަތުވެއްޖެއެވެ.
އެގޮތަކުން މިގޮތަކުން ގެނެސް ޕިކަޕަށް އަރުވައިފީމެވެ.
ދެމީހުން ތިބީ ގުނބުހިލިފައެވެ.
ޕިކަޕް ދުއްވާލައިފިއެވެ.
އެ ދިޔަ ގޮތަށް ގޮސް މަޑުކޮށްލީ ޖުމްހޫރީ މައިދާނަށެވެ.
މައިދާން އޮތީ ތައްޔާރު ކޮށްފައެވެ.
ވަށައިގެން ދިދަ ދަމައިފައެވެ.
ބޮޑު ދިދަވެސް ހުރީ ނަގައިފައެވެ.
ތަންކޮޅެއް ދުރުގައި ދިވެހި ދިދަ ނޫން އެހެން ދިދަވެސް ނަގާފައި ހުއްޓެވެ.
ޕިކަޕް މަޑު ކުރީމާ ދެމީހަކު އަތުވެއްޖެއެވެ.
އެއީ އެހީތެރިވާން އައި ދެމީހުންނެވެ.
ހަތަރު މީހުން ވެގެން ފޮށިގަނޑު ބާލައިފީމެވެ.
އެކަމަކު މައިދާނުގެ މެދާ ހަމައަށް ގެންދާން އުނދަގޫ ވެއްޖެއެވެ.
އުފުލޭ ވަރަށްވުރެ މާ ބަރެވެ.
ދަމާފައި ގެންދެވޭތޯ މަސައްކަތް ފަށައިފީމެވެ.
ދުރުގައި އެހެން ކުލައެއްގެ ދިދަ ހިފައިގެން ތިބި މީހުން ހޭން ފަށައިފިއެވެ.
އަހަރެމެން ދުލެއް ނުކުރަމެވެ.
ގަދައަޅައި މަސައްކަތް ކުރަނީއެވެ.
އެންމެ ފަހުން އެތަނުން އެކަކު ކައިރިއަށް އަތުވެއްޖެއެވެ.
އެހީ ވުމުގެ ބަދަލުގައި އޭނާ ކުރީ ސުވާލެކެވެ.
"ތިޔަ ފޮށިގަނޑުގައި އޮތީ ކޮން އެއްޗެއް ހެއްޔެވެ؟"
އަހަރެން ބުނެފީމެވެ.
"ދަރަންޏެވެ."
އެމީހާ ހީނގެންފައި ބުންޏެވެ.
"ނުއުފެލޭ ވަރުގެ އެއްޗެހި ހޯދަނީ ކީއްކުރަން ހެއްޔެވެ؟"