
މާލޭގެ ކޮންމެ ކޮށްޓަކަށް ވެރިޔަކު ކަނޑައަޅާ ގޮތަށް މާލޭ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނައިފިއެވެ. މި ގޮތަށް ކަނޑައަޅާ ވެރިޔަކު ހަމަޖެއްސުމަށް ފަހު ސިޓީ ކައުންސިލާ މުއާމަލާތް ކުރުމުގައި އިސް ދައުރެއް އަދާކުރާނީ އެމީހަކު ކަމުގައި މޭޔަރު މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރަށް މާލޭގެ ކޮންމެ އަވަށެއްގައި ލަފާދޭ ކޮމެޓީއެއް ހޮވަންވެސް މި ޕްލޭނުގައި ވަނީ ކަނޑައަޅައިފައެވެ.
ޕަލޭނުގައި ކަނޑައެޅިފައިވާ ގޮތުގައި ކޮންމެ ހަފުތާއަކު އެއް ދުވަހު ރަސްމީ މަސައްކަތެއްގެ ގޮތުގައި މާލޭގެ ގެތަކަށް ޒިޔާރަތް ކުރާނެއެވެ. ސީދާ ގޭގެއަށް ޒިޔާރަތް ނުކުރެވޭ ނަމަ އޮންލައިންކޮށް ނަމަވެސް ގޭގޭގެ ހާލަތު ބަލާނެއެވެ. މީގެ އިތުރަށް ކޮންމެ މަހަކު އެއް ފަހަރު އާއުމުންނަށް ހުޅުވާލައިގެން ކައުންސިލާ ބައްދަލު ކުރެވޭ ގޮތް ހަދާނެއެވެ.
މުޢިއްޒު ވިދާޅުވި ގޮތުގައި ކައުންސިލްގެ ބައްދަލުވުންތައް އާއްމުނަންށް ފެންނަ ގަޮތަށް ހުޅުވާލައިގެން ބާއްވާ ގޮތަށްވެސް ވަނީ ހަމަޖައްސައިފައެވެ.