މާލޭ ސިޓީ ކައުންސިލުން ވެމްކޯގެ ވެރިންނާ އަދި ހެލްތު މިނިސްޓަރާ ބައްދަލަުކޮށްފި

މާލޭ ސިޓީ ކައުންސިލުން ވެމްކޯގެ ވެރިންނާއި އަދި ހެލްތު މިނިސްޓަރު ކެރަފާ މުޙައްމަދު ނަސީމާ މިއަދު ބައްދަލަު ކޮށްފިއެވެ.

މިއަދު ވަކިވަކިން ބޭއްވުނު މި ބައްދަލުވުމުގައި މާލޭގެ މޭޔަރު ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި ކައުންސިލުގެ މެންބަރުން ބައިވެރިވެ ވަޑައިގަތެވެ.

މޭޔަރު މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި ވެމްކޯގެ ވެރިންނާ ބައްދަލު ކުރެއްވީ "ޗާލު މާލެ ސިޓީ"ގެ އަމާޒަށް ވާސިލު ވުމަށްޓަކައި ސިޓީ ކައުންސިލުން ކުރާ މަސައްކަތުގައި މާލޭގެ މަގުތަކާއި އާއްމު ތަންތަން ސާފުކޮށް ބެލެހެއްޓޭނޭ ތަންތަނަށް ހެދުމުގައި ދެފަރާތުން ގުޅިގެން ކުރެވޭނޭ ކަންތައްތަކާމެދު މަޝްވަރާ ކުރެއްވުމަށް ޓަކައެވެ.

ހެލްތު މިނިސްޓާރު އަޙްމަދު ނަސީމާ ބައްދަލު ކުރެއްވީ ކޯވިޑް-19 އިން ސަލާމަތް ވުމަށްޓަކައި ހެލްތު މިނިސްޓްރީއާއި އެހެން އިދާރާތަކުން ކުރާ މަސައްކަތުގައި ސިޓީ ކައުންސިލުން އެއްބާރުލުން ދިނުމަށްޓަކައި ކުރެވިދާނޭ ކަންތައްތަކަކީ ކޮބައިތޯ ބެއްލެވުމަށް މަޝްވަރާ ކުރެއްވުމުގެ ބޭބނުންފުޅުގައެވެ. މި ބައްދަލުވުމުގައި އެކަށީގެންވާ ފެންވަރެއްގެ ބި9ނާކުރުވަނިވި މަޝްވަރާތަކެއް ކުރެއްވުނު ކަމަށް މޭޔަރު ވިދާޅުވިއެވެ. ބައްދަލުވުމުގައި ޑިރެކްޓަރ ޖެހެނެރަލް މައިމޫނާ އަބޫބަކުރާއި ހެލްތު މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެޑައިގަތެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.