
ކޮށްޓަކަށް ލައްވާ ހަދާ ހަޑި ޒާތަކުން
މޮށްޓަވާނެ ކަމެއް ނެތޭ ދެން އަމްދަކުން
އޮށްޓަރެއް ހުރިނަމަ ތިބާ ގައި ފުދުމަކުން
ފޮށްޓަށޭ އޭނާގެ ދޭނީ އިސްކަމެއް އޮތް ދިނުމަކުން
ނޯޓު: މިއީ އާދަމް ޢަބަދުއްރަޙުމާން، ހއ. އުތީމު ލިޔުއްވާ "ކޮށާރު" ކޮލަމެވެ. މި ކޮލަމް އޭނާ ލިޔުއްވާނީ ޅެންބަހުރުވައިންނެވެ. ކޮންމެ ކޮލަމެއްގައި ހިމެނޭނީ ދެ ބައިތެވެ.