
ގަސްދު ކުޅައަސް މަގުހިނގަން ގައިގާ ތިބާ ހުރި ބާރަކަށް
ދަސްކުރާށޭ ބަސްބުނަން ގޭގައި ތިބާ ހުރި ބާރަކަށް
އިސްކޮޅެއް ނޫން ފެންނަ ދިގުދިގު ހިޔަނި އެއަކީ ދެދަޅައަށް
ވިސްނުމޭ ރަނގަޅީ ތިމާ ހުރި ރޫފައާ އެކު އިސްކޮޅަށް
ނޯޓު: މިއީ އާދަމް ޢަބަދުއްރަޙުމާން، ހއ. އުތީމު ލިޔުއްވާ "ކޮށާރު" ކޮލަމެވެ. މި ކޮލަމް އޭނާ ލިޔުއްވާނީ ޅެންބަހުރުވައިންނެވެ. ކޮންމެ ކޮލަމެއްގައި ހިމެނޭނީ ދެ ބައިތެވެ.