
އިންތިޚާބުގެ އިންތަކާ މިންތައް ދަނޭތޯ ރައްޔިތުން
އިންތިހާ ޒިންމާގެ ފުރުސަތު ލިބިގަނޭތޯ ހެޔޮގޮތުން
ބިންތަކާ ރަށްތައް ފަސާދައިން މިންޖު ވޭތޯ ހާލަތުން
ގިންތިއަށް ނުބަލާ ނަގާށޭ ކެންޑިޑޭޓު ލިޔާގަތުން
ނޯޓު: މިއީ އާދަމް ޢަބަދުއްރަޙުމާން، ހއ. އުތީމު ލިޔުއްވާ "ކޮށާރު" ކޮލަމެވެ. މި ކޮލަމް އޭނާ ލިޔުއްވާނީ ޅެންބަހުރުވައިންނެވެ. ކޮންމެ ކޮލަމެއްގައި ހިމެނޭނީ ދެ ބައިތެވެ.