
ފިރިއެއްގެ ހުތުރު އަނިޔައިން ލީނަމަ ހިތުން ލަކުނުތައް
އަނތްބެއްގެ ގެއްލިދާނޭ ކުލުނާ ރިވެތި އަދާތައް
އަނތްބެއްގެ ބޭވަފާއިން ލީނަމަ ޒަހަރު ހަޔާތަށް
ފިރިއެއްގެ މަރުވެދާނޭ ހުރި ހައިބަތާ އުފާތައް
ނޯޓު: މިއީ އާދަމް ޢަބަދުއްރަޙުމާން، ހއ. އުތީމު ލިޔުއްވާ "ކޮށާރު" ކޮލަމެވެ. މި ކޮލަމް އޭނާ ލިޔުއްވާނީ ޅެންބަހުރުވައިންނެވެ. ކޮންމެ ކޮލަމެއްގައި ހިމެނޭނީ ދެ ބައިތެވެ.