ކައުންސިލް އިންތިޚާބަށް ފަސޭހަ ކުރުމުގެ ގޮތުން އެޗްޕީއޭއިން އުސޫލުތަކަށް ބަދަލު ގެނެސްފިއެވެ.
މިހާރު އޮތް ގޮތުން ރަށްރަށަށް ގޮސް ކަރަންޓީނު ނުވެ ކެމްޕޭނުގެ މަސައްކަތް ކުރެވޭނެއެވެ.
މިއީ ޑިމޮކްރަސީއަށް ލިބުނު ކާމިޔާބީއެކެވެ.
އެޗްޕީއޭއިން އުސޫލުތަކަށް ގެނައި ބަދަލު އިއާދަ ކޮށްފިއެވެ.
މިހާރު އޮތް ގޮތުން މާލެއިން އެހެން ރަށަކަށް ދާ ކޮންމެ މީހަކު ކަރަންޓީނުވާން ޖެހޭނެއެވެ.
ބަދަލު އަނބުރައި އިއާދަކުރީ ރައްޔިތުންގެ ކަންބޮޑުވުން ހުރުމުގެ ސަބަބުންނެވެ.
މާޖިދު ހޭން ފަށައިފިއެވެ.
ނާ ރަނގަޅަށް ހެއްޔެވެ؟
މި ބަދަލު އަނބުރައި ގެނައީ ރައްޔިތުންގެ ކަންބޮޑުވުން ހުރުމުގެ ސަބަބުން ހެއްޔެވެ؟
ރައްޔިތުން ކަންބޮޑުވީ ކޮން ކަމަކާ ހެއްޔެވެ؟
އަހަރެން ބުނެފީމެވެ.
އާނއެކެވެ.
ބަދަލު އަނބުރައި ގެނައީ ރައްޔިތުންގެ ކަންބޮޑުވުން ހުރުމުގެ ސަބަބުންނެވެ.
ރައްޔިތުން ކަންބޮޑުވީ ރަށްރަށަށް ބަލި ފެތުރިގެން ހިނގައިދާނެތީއެވެ.
މާޖިދު އަނެއްކާވެސް ހޭން ފަށައިފިއެވެ.
ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތު ހަވާލުވެފައި އޮންނަނީ އެޗްޕީއޭއަކާ ނޫންހެއްޔެވެ؟
އެކަން މިހާރު ރައްޔިތުންނާ ހަވާލުކުރީ ހެއްޔެވެ؟
އަހަރެން ބުނީމެވެ.
ނޫނެކެވެ.
މިހާރުވެސް އެއީ އެޗްޕީއޭގެ މަސްއޫލިއްޔަތެކެވެ.
އެ އިދާރާއިން އަޅާ ކޮންމެ ފިޔަވަޅެއް އަޅަނީ ރައްޔިތުންގެ ސިއްހަތު ރައްކާތެރި ކުރުމަށްޓަކައެވެ.
މާޖިދު ބުންޏެވެ.
މިހާރު އެނގިއްޖެއެވެ.
ސިއްހަތު ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތު އެޗްޕީއޭއިން ވަރަށް ރަނގަޅަށް އެބަ އަދާކުރެއެވެ.
އެކަމަކު އަޅާ ފިޔަވަޅެއްގެ ސަބަބުން ބަލި ފެތުރޭނެކަން އެޗްޕީއޭއަކަށް ނޭނގެއެވެ.
އެކަން ދަންނަނީ ރައްޔިތުންނެވެ!
ހަގީގީ ޑިމޮކްރަސީއަކީ މިއީއެވެ!