އިއްޔެ ހެނދުނު އެކްސިޑެންޓުގައި އަނިޔާވީ ކުއްޖާ ނިޔާ ވެއްޖެއެވެ.
ރޭ ދަންވަރު ހިނގި އެކްސިޑެންޓްގައި އަނިޔާވީ ކުދިންނަށް ފަރުވާ ދެނީއެވެ.
ދެ ކުއްޖެއްގެ ހާލު ވަރަށް ދެރައެވެ.
ފުލުހުން މި ދަނީ އެކްސިޑެންޓްވާ ސަރަހައްދުތައް ބަލަހައްޓަމުންނެވެ.
މައްސަލަ ހައްލު ކުރަން މިހާރު ކޮމިޓީއެއް އެކުލަވާލައިފިއެވެ.
ކޮމިޓީގެ ބައްދަލުވުން ބާއްވާނީ މަހަކު އެއް ފަހަރުއެވެ.
މައްސަލަ ހައްލު ކުރަން އެކްސިޑެންޓު ވެގެން މަރުވީ ކުދިންނާ ސުވާލު ކުރާނެއެވެ.
އެ ކުދިންގެ ޚިޔާލު ހޯދާނެއެވެ.
މައްސަލައިގައި ސީދާ ބައިވެރިވާ މީހުނާ މަޝްވަރާ ކޮށްގެން ހައެްލު ހޯދުމަކީ މި ސަރުކާރުގެ އަމާޒެވެ.
ޑިމޮކްރަސީގެ އެންމެ ހަރުދަނާ އުސޫލަކީ އެއީއެވެ.
މައިންބަފައިންނަށް ދަރިން ނުބެލެހެއްޓުމަކީ އެކްސިޑެންޓުވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބެވެ.
އެހެންވީމާ ކުޑަ ކުއްޖަކު ސައިކަލު ދުއްވާ ނަމަ މަންމަ ނޫނީ ބައްޕަ ސައިކަލުގެ ފަހަތުގައި ހުންނަ ގޮތަށް ގާނޫނަށް އިސްލާހު ގެންނާނަމެވެ.
ވަކި ވަރަކަށްވުރެ ބާރަށް ސައިކަލު ނުދުއްވޭ ގޮތް ހަދާނަމެވެ.
ދިހަ ފޫޓުން ދިހަ ފޫޓުން ދުވެލިމަތަ ބަހައްޓާނަމެވެ.
ވިހި ފޫޓުން ވިހި ފޫޓުން ބައްތި ބަހައްޓާނަމެވެ.
މާޖިދު އާފުރިލައިފައި ބުންޏެވެ.
ލައްކަ ވާހަކަ ދެއްކިއްޖެއެވެ.
ޚިޔާލީ ފޮލާ ކެއްކިއްޖެއެވެ.
ދެން ތެދުވެ އަމަލީ ފިޔަވަޅެއް އަޅަން ވީއެއް ނޫން ހެއްޔެވެ؟
މިނިސްޓަރ ވިދާޅުވިގޮތަށް ފަރުދީ ޒިއްމާ އަދާކުރަންވީއެވެ. ގާނޫނާއި ގަވާއިދު ތަންފީޒު ކުރާ ފަރާތްތަކުންނެވެ.