ރައްޔިތުންގެ މަޖިލީހުގެ 10 މެންބަރަކު ސޮއި ކުރައްވައި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ ނޯޓިސް މިއަދު މަޖިލީހުން އެކަމަނާއަށް ފޮނުވައިފިއެވެ.
ޒަހާ ވަޙޯދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައި ވަނީ ސަރުކާރާ ވާދަވެރި ޕާޓީތަކުގެ މެންބަރުންނެވެ.
ޒަހާ ވަޙީދަކީ އެމްއާރްއެމްގެ ޖާގައެއްގައި ވަޒީރުކަން ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެމްއާރްއެމްގެ ރައީސް މައުމޫން ޢްބަދުލްޤައްޔޫމް ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނަށާއި އެމްއާރްއެމަށް ޒަހާގެ އިތުބާރު އެބައޮތެވެ.
މީގެ ކުރިން ވެރިކަންކުރާ އެމްޑީޕީގެ މެންބަރުންވެސް ވަނީ ޒަހާއާ ދެކޮޅަށް ވަރަށް ބޮޑަށް ވާހަކަފުޅު ދައްކަވައި އިތުބާރެއްވެސް ނެތް ކަމަށް ވިދާޅުވެފައެވެ.