މިއީ ދޮގާއި މަކަރާއި ހީލަތުން ވަޒީރަކު ވަކި ކުރަން ކުރާ މަސައްކަތެއް: މިނިސްޓަރ މަލީޙް

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަިޖިލީހަށް ހުށަހެޅި އެމަނިކުފާނަށް މަޖިލީހުން އެރުވި ފުރަތަމަ ފުރުސަތުގައި ވާހަކަފުޅު ދައްކަވަމުން މިއީ ދޮގާއި މަކަރާއި ހީލަތުން ވަޒީރަކު މަގާމުން ވަކި ކުރުމަށްޓަކައި ކުރަމުން ގެންދާ މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ މައްޗަށް މަޖިލީހުން ކުރާ އެންމެ ބޮޑު ތުހުމަތަކީ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީން ހަދަން ޖެހޭ ގަވާއިދު މުއްދަތުގެ ތެރޭގައި ހަދާފައި ނެތް މައްސަލައެވެ. މަލީޙް ވިދާޅުވި ގޮތުގައި އެ ގާނޫނު ހަދާފައި ވަނީ 2015 ވަނަ އަހަރުއެވެ. އެހެންވީމާ މުއްދަތުގެ ތެރޭގައި ގަވާއިދު ހެއްދެވުމުގެ ޒިންމާ އެންމެ ފުރަތަމަ އޮތީ އޭރުގެ މިނިސްޓަރު ޢުމަރު ނަޞީރުގެ އިސްތަށިފުޅުގައެވެ. އޭނާގެ މައްޗަށް އުފުލަން ޖެހޭ އިތުބާރު ނެތްކަމުގެ މައްސަލަ އޭނާޔާ ހަމައަށް ސޮއްސާލައިގެން އައީ ކީއްވެގެންތޯ މަލީޙް ސުވާލު ކުރެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭނާގެ މައްސަލައަކީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާގެ ބާރު ކަނޑުވާލަން މަޖިލީހުގެ މަދު މެންބަރުންކޮޅެއް ކުރާ ވިޔާނުދާ ކަމެކެވެ. ގާނޫނު އަސާސީގައި އޮންނަ ޚިޔާލު ފާޅުކުރުމުގެ ފުރުސަތު ނަގައިލާން ކުރާ މަސައްކަތެއްގެ ގޮތުގައެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އަސްލު މައްސަލައަކީ ވީޓީވީގެ ޕްރޮގްރާމެއްގައި ބަރުލަމާނީ ނިޒާމާ ދެކޮޅަށް އޭނާ ދެއްކެވި ވާހަކަފުޅެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.