އިންޓަރނެޓުގެ އަގު ހެޔޮ ކުރުމަކީ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީޙް ޖަމާލުގެ ވައުދެއް ނޫން ކަމަށާއި، އެއީ ދިވެހިރާއްޖޭގެ މިހާރުެ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
މުޙައްމަދު މަލީޙް ޖަމާލުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގައި ކުރެވެމުންދާ ބަހުދުގައި ވާހަކަފުޅު ދައްކަވަމުން އުޝާމް ވިދާޅުވެފައި ވަނީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ގަވާއިދު ނުހެދުމާއި އިންޓަނެޓުގެ އަގުހެޔޮ ނުކުރުމުގެ ވާހަކައަކީ ވަޒީރުގެ އިތުބާރު ނެތްކަމަށް ނިންމަން އެކަށީގެންވާ ސަބަބެއް ނޫން ކަމަށެވެ. އަދި ޒިންމާދާރުކަމާއެކު މަޖިލީހުން ކަންތައް ކުރެއްވުމަށް އޭނާ އެދިވަޑައިގަތެވެ.