މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލުގެ އިތުބާރު ނެތްކަމަށް ނިންމައި އޭނާ މަގާމުން ވަކިކޮށްފިއެވެ.
މަލީޙް މަގާމުން ވަކިކުރަން ފެންނަ ކަމަށް ވޯޓު ދެއްވައިފައި ވަނީ 59 މެންބަރުންނެވެ. ނުފެންނަ ކަމަށް 1 މެންބަރަކު ވޯޓު ދެއްވިއެވެ. ވަކި އަތަކަށް ނުޖެހޭ ކަމަށް ވޯޓު ދެއްވީ 4 މެންބަރުންނެވެ.
މަލީޙަށް މަޖިލީހުން އެރުވި އެންމެ ފަހުގެ ފުރުސަތުގައި އެމަނިކުފާނު ވިދާޅުވީ ހަދާފައިވާ ގަވާއިދެއް ނުހަދާ ކަމަށް ވިދާޅުވެ މެންބަރުން އިތުރުފުޅު ހައްދަވައިގެން އޭނާ މަގާމުން ވަކި ކުރައްވަން އުޅުއްވާ ކަމަށެވެ. މަލީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅުއްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވި ގޮތުގައި ކޮމިއުނިކޭޝަން އޮތޯރިޓީގެ ގަވާއިދު ހަދާފައި ވަނީ މަލީހްގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅި ފަހުން ތެޅިގަނެގެން ކުއްލިއަކަށް ކުރި މަސައްކަތެއްގެ ގޮތުގައެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި އެހައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، އެހައި އަވަހަށް ކުރެވެން އޮތް ކަމެއް ނުކޮށް ދިގު ުއްދަތެއް ވާންދެން ތިބިތިބުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. ގަވާއިދު ހަދާފައި ވަނިކޮށް ދޮގު ހައްދަވައިގެން މައްސަލަ ހުށަހެޅުއްވީ ކަމަށް މަލީޙް ވިދާޅުވީމާ ގަވާއިދު ހެދީ ކޮން ތާރީޚެއްގައިތޯ މީކާއީލް ސުވާލު ކުރެއްވިއެވެ. އަދި އޮޅުވައިލައްވާން އެމަނިކުފާނު އުޅުއްވާ މައްސަލަ ބަލަން ވާނޭ ކަމަށްވެސް މީކާއީލް ވިދާޅުވިއެވެ.
މި ވާހަކަފުޅުތަކާ ގުޅިގެން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މަލީހް ދެއްކެވި ވާހަކަފުޅު މަޖިލީހުން ތަހުގީު ކުރައްވާނޭ ކަމުގައެވެ. މަޖިލީހުގައި އިތުރުފުޅު ހެއްދެވި ކަމަށް ސާބިތު ވެއްޖެނަމަ ދައުވާ ކުރަން ޕީޖީއަށް ފޮނުއްވާނޭ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ކިތަންމެ އޮޅުވާލުމެއް އޮޅުވާލިޔަސް ކިތަންމެ ކިތަންމެ ރޭވުމެއްރޭވިޔަސް ވާނީ އެއްވަރު ތިމާމެންގެ ނާގާބިލްކަން ފާޅުވާނީ ، ކިޔުންތެރިންނާއި ލިޔުންތެރިން ވިސްނާތި ވަކިކުރުމާއި އިސްތިއުފާއަކީ އެމް ޑީ ޕީގެ ތަސައްވަރު