
ގައިން ގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ހިރާސްތައް ދެނެގަތުމަށް ކުރާ ދިރާސާ މާލޭ ސަރަ ހައްދުގެ ފެށުމަށް ނިންމައިފިއެވެ.
ހެލްތް ޕްރޮަޓެކްޝަން އެޖެންސީ ( އެޗްޕީއޭ) އިން ބުނެފައި ވަނީ މާލޭ ސަރަހައްދުގައި މިދިރާސާގެ މަސައްކަތް ފަށްޓަވަވާނީ މިމަހު 20 ގައި ކަމަށެވެ. މޭލެ ސަރަޙައްދުގެ ދިރާސާ މާލެއާއި ހުޅުމާލެ އާއި ވިލިމާލޭގައި ކުރިއަށް ގެންދެވުމަށް ވަނީ ނިންމައިފައވެ. މި ދިރާސާއަކީ އެޗްޕީއޭއިން އިސްނަގައިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އާއި މޯލްޑިވްސް ނެޝަނަލް ޔުނިވަރުސިޓީއާ ގުޅިގެން ކުރިއށް ގެންދަވާ ދިރާސާއެކެވެ.
މިދިރާސާ ކުރުމަށް ގުރުއަތުން ނެގިފައިވާ ގޭގެއަށް މައުލޫމާތު އެއްކުރުމަށް ޒިޔާރަތްކުރާނެ ކަމަށްވެސް، އެޗްޕީއޭ އިން އެކަން އެންގުމުށް ޓަކައި ނެރެފައިވާ ދެންނެވުމުގައި ބުނެއެވެ. މިދިރާސާގެ މަސައްކަތުގައު ޙަރަކާތްތެރިވާ މީހުން ތިބޭނީ މޯލްޑިވްސް ނެޝަނަލް ޔުނިވަރުސިޓީ އިން އެކަމަށް ދޫކޮށްފައިވާ ފާހެއް އަޅުވައިގެން ކަމަށްވެސް އެޗްޕީއޭ އިން ވިދާޅުވެއެވެ. މިދިރާސާ ކުރިއަށް ގެންދިއުމަށް އާންމުންގެ އެއްބާރު ލުމާއި އެހީތެރިކަމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.
ދިރިއުޅުމުގެ ވައްޓަފާޅީއާ ގުޅިފައިވާ ދިގު މުއަދަތަށް ބޭސްފަރުވާ ކުރަންޖެހޭ ބަލިތައް ނުވަތަ ގައިންގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ހިރާސްތައް ދެނެގަތުމަށް ކުރާ "ސްޓެޕްސް ސާރވޭ" އަކީ މިދިޔަ އަހަރު ރާއްޖޭގައި ފަށައިފައިވާ ދިރާސާ އެކެވެ.