ކުރީ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބުނު މީހުންގެ ދާއިމީ ލިސްޓު މިމަހުގެ ތެރޭގައި ފައިނަލްކޮށް ނެރުމަށް މަސައްކަތް ކުރަމުން ދާކަމަށް ފުލެޓު ކޮމެޓީން ވިދާޅުވެއްޖެއެވެ.
ފުލެޓް ކޮމެޓީންބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވިދާޅުވީ މިހާރު ވަގުތީ ލިސްޓް އިއުލާން ނުކޮށް އޮތް ހަމައެކަނި ކެޓަގަރީ ކަމުގައި ސިވިލްސާރވިސް މުވައްޒަފުންގެ ކެޓަގަރީ ގެ ވަގުތީ ލިސްޓް އަންނަ ހަފްތާ ތެރޭގައި އިއުލާނު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. މިހާރު އެކޮމެޓީން ކުރަމުން ދަނީ ސިވިލްސާރވިސްގެ މުވައްޒަފުންގެ ވަގުތީ ލިސްޓު ނެރުމަށްޓަކައި ފޯމްތައް ދިރާސާ ކުރުމުގެ މަސައްކަތްކަމަށެވެ. މީގެ އިތުރުން އިއުލާންކޮށްފައިވާ ވަގުތީ ލިސްޓްތަކާ ގުޅިގެން ހުށަހެޅިފައި ޝަކުވާ ތަކަށް ޖަވާބު ދިނުމުގެ މަސައްކަތް ވެސް ކުރަމުން ދާކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަމުން ދަނީ ވަގުތީ ލިސްޓުގެ ޝަކުވާތަކަށް ޖަވާބުދީ ޑިސެމްބަރުގެ ނިޔަލަށް ދާއިމީ ލިސްޓްތައް އިޢުލާން ކުރެވޭތޯ" ފުލެޓް ކޮމެޓީގެ މެންބަރު ވިދާޅުވިއެވެ.
ހިޔާ ފުލެޓްގެ ވަގުތީ ލިސްޓް އިއުލާންކޮށްފައިވަނީ އެޗް 4 ( ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީ)އާއި އެޗް 5 (ޓީޗަރުންގެ ކެޓަގަރީ) އާއި އެޗް 8 (މާލޭ ރަށްވެހިންގެ ކެޓަގަރީ) އާއި އެޗް 10 (ނުކުޅެދުން ތެރިކަން ހުންނަ މީހުންގެ ކެޓަގަރީ) އާއި އެޗް 9 (ދަފްތަރު ކެޓަގަރީ) އާއި އެނެމެ ފަހުން އިޢްލާންކޮށްފައިވާ އެޗް 7 (18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންގެ ކެޓަގަރީ) ގެ ލިސްޓެވެ.