
ހެޕީމާކެޓުން ވިއްކަމުންގެންދާ ކުކުޅު ހޯލް ސޭލްކޮށް ގަންނަ ފަރާތް ތަކަށް ވަރަށް ބޮޑު ތަން އަގު ހެޔޮކޮށްފިއެވެ. މިހާރު ކުކުޅު ކިލޯއެއްގެ އަގަކީ 33 ރުފިޔާއެވެ. ދުނިޔޭގެ ބާޒާރުގެ ކުކުޅުގެ އަގު މި މިންވަރުގައި ހިފެހެއްޓިފައި އޮތިއްޔާ އަންނަ ރޯދަމަސް ނިމެންދެން މި އަގަށް ހެޕީ މާކެޓުން ކުކުޅު ވިއްކާނެއެވެ.
ހެޕީމާކެޓުން ގަނޑުކުރި ކުކުޅުގެ 5 ސައިޒެއް ހޯލްސޭލް ކުރަމުންދެއެވެ. އެއީ 800 ގުރާމާއި 900 ގުރާމާއި 1000 ގުރާމާއި 1200 ގުރާމާއި 1400 ގުރާމު ލިބެން ހުރެއެވެ.
މާލެ، ހުޅުމާލެ، ވިލިމާލެ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށީ ސިޓީގައި ހުންނަ ހެޕީމާކެޓްގެ ފިހާރަތަކުން ގަނޑުކޮށް މުދާ ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާ ނުލައި ޑެލިވަރީގެ ޚިދުމަތް ދޭނެ ކަމަށް ހެޕީ މާކެޓުން ބުނެއެވެ.
ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ބައްލަވައިގަންނަން ބޭނުންފުޅުވާނަމަ، ހެޕީމާކެޓަށް 7993523 ގުޅުމުން އޯޑަރު ނަގައިދީ ރަށު ބޯޓަށް ޑެލިވަރީގެ ޙިދުމަތް ލިބިވަޑައިގަންނަވާނެއެވެ.
ރަށްރަށުގެ ވިޔަފާރިވެރިންނަށް މާލެ ނައިސް، ހެޕީމާކެޓުން އެތެރެކޮށް ވިއްކާ ހިރިހާ މުދަލެއް، މެދުރާއްޖޭގެ ރަށްތަކަށް މާލެ އަދި ހުޅުމާލޭގައި، ރާއްޖޭގެ ދެކުނުގެ ރަށްތަކަށް އައްޑޫ ސިޓީގައި އަދި އުތުރުގެ ރަށްތަކަށް ކުޅުދުއްފުށީ ސިޓީގައި ހެޕީމާކެޓްގެ ޑިސްޓްރިބިއުޝަން ސެންޓަރުތަކުން ލިބޭނެއެވެ.
މިއަންނަ އަހަރުގެ ރަމަޟާން މަހާއި ދިމާކޮށްވެސް ގިނަ ބާވަތުގެ މުދާ އަގުހެޔޮކުރެވޭނެ ކަމަށް ހެޕީ މާކެޓުން ވަނީ ހާމަކޮށްފައެވެ.