ބޯޓުފަހަރު ދޮވެ ސާފުކުރާ ޚާއްސަ މަރުކާއެއްގެ މުދާ ހެޕީމާކެޓުން ރާއްޖެއަށް ތައާރަފުކޮށްފި

ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ "ކްލީންޓުގްލީމް" މަރުކާގެ ގިނަ އަދަދެއްގެ ޕްރޮޑަކްޓާއި އެޔާ ގުޅުން ހުރި އެހެނިހެން ތަކެތި ހެޕީމާކެޓުން ރާއްޖެއަށް އެތެރެކޮށް ވިއްކަން ފަށައިފިއެވެ. ޔޫކޭގެ އުފެއްދުމެއް ކަމުގައިވާ "ކްލީންޓުގްލީމް" އަކީ ބޯޓާއި ޔޮޓާއި ސަފާރީ ފަދަ ބޮޑެތި އުޅަނދުތައް ދޮވެ ސާފުކުރުމަށް ޚާއްސަ ކުރެވިފައިވާ ޕްރޮޑަކްޓެކެވެ.

ހެޕީމާކެޓުން އެތެރެކޮށް ވިއްކާ ކްލީންޓުގްލީމް މަރުކާގެ ބާވަތްތަކަކީ ބޯޓް ވޮޝް، ބޯޓް ޕޮލިޝް، ރިބް ކްލީނަރ، ޓީކް ކްލީނަރ، ޓީކް ޝީލްޑް، ކެނޮޕީ ކްލީނަރ، ކެނޮޕީ ޕްރޮޓެކްޓަރ، ކެނޮޕީ ޑުއޯ ޕެކް، ޓީކް ޑުއޯ ޕެކް، ހަލް ކްލޯނަރ، ސްޓެއިންލެސް ސްޓީލް ބްރައިޓްނަރ، ސްޓެއިންލެސް ސްޓީލް ކްލީނަރ، ރަސްޓް ރިމޫވްރ، ބޯޓް ވެކްސް، އިންޓީރިއަރ ކްލީނަރ، ގްލާސް ކްލީނަރ، ޑިއޯޑަރައިޒަރ، ގްރޭޑް 1، 2، 3 ސްޕޮންޖް، މައިކްރީ ފައިބަރ ކްލޯތު، ތިން ސައިޒެއްގެ ޕްރޮޑަކްޓް ބޭގް މި ބާވަތްތަކެވެ.

ހެޕީމާކެޓުން މައުލޫމާތު ދެއްވި ގޮތުގައި ކްލީންޓުގްލީމް ރަސްމީ ގޮތުން އިފްތިތާހުކުރުން ހުޅުމާލޭ ހުޅަނގު ބަނދަރުގައި މާދަމާ (ހުކުރު ދުވަހު) ހަވީރު އޮންނާނެއެވެ. މި ހަރަކާތުގައި ޕްރޮޑަކްޓް ބޭނުން ކުރާނޭ ގޮތް އަމަލީ ގޮތުން ދެއްކުން އޮންނާނެއެވެ.

މި މުދާ މިހާރުވެސް ވެލާނާގޭ ކުރިމަތީގައި ކެމިކަލް ވިއްކަން ޚާއްސަކޮށްގެން ހެޕީމާކެޓުން ހުޅުވާފައިވާ ފިހާރައިން ލިބެން ހުންނާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.