
ކޯވިޑަށް ހުށެހެޅިފައިވާ މީހުން ޢަދަދު ހޯދައިގަތުމަށް ހަދާ އެންޓި ބޮޑީ ސާވޭ ހަތަރު ހަފަތާގެ ތެރޭގައި ނިންމާ ލެއްވުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރ ސިޓީން ވިދާޅުވެއްޖެއެވެ.
ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޤައުމީ ޔުނިވަރސިޓީ ގެ ޑީން އޮފް ރިސާރޗް ޑރ. ރަހީމާ ވިދާޅުވީ އެންޓި ބޮޑީ ސާރވޭގެ އެންމެ ބޮޑު މައިގަނޑު މަޤްޞަދަކީ މާލެ ސަރަޙައްދުގެ އާބާދީގެ ތެރެއިން ކުރިން ކޮވިޑް 19 އަށް ހުށަހެޅިފައި ވަނީ ކިތައް އިންސައްތަތޯ ބެލުން ކަމަށެވެ. މީގެ ބޭނުމަކީ ދެން އިތުރަށް ކޮވިޑް ފެތުރިގެންދާ ބާރުމިނަކީ ކިހާވަރެއްތޯ ބެލުމާއި އިތުރަށް ޕޮލިސީތަކަށްގެންނަން ޖެހެނީ ކޮން ބަދަލުތަކެއްތޯ ދެނެގަތުން ކަމަށް ޑރ ރަޙީމާ ވިދާޅުވިއެވެ
ސީރޯ ޕްރިވެލެންސް ސާރވޭ ނުވަޔަ އެންޓި ބޮޑީ ސާރވޭ ހެދުމަށްޓަކައި ބޭނުންކުރަމުންދަނީ ޑަބްލިޔޫ އެޗްއޯގެ މެތޮޑޮލީޖީއެއްކަމަށް ޑރ ރަޙީމާ ވިދާޅުވިއެވެ. އެގޮތުން ސާރޭވޭގައި ސާޕްމަލް ނެގުމަށް މީހުން ހޮވަނީ ވަކި ޢުމުރު ފުރާތަކަކަށް ބަލައިގެން ރެންޑަމްކޮށް ކަމަށް ވިދާޅުވިއެވެ. އެގޮތުން ހަތަރު ޢުމުރު ފުރައެއް ކަނޑައަޅުއްވައިފައިވާކަމަށް ވިދާޅުވިއެވެ. އެއީ ޢުމުރުން 17 އަހަރުން ދަށުގެ ޢުމުރު ފުރައާއި 18 ޢަހަރާއި 34 އަހަރާ ދެމެދުގެ ޢުމުރުފުރައާއި 35 އަހަރާއި 59 އަހަރާ ދެމެދުގެ ޢުމުރު ފުރައާއި 60 އަހަރުން މަތީގެ ޢުމުރު ފުރައެވެ. މީގެތެރެއިން ފުރަތަ ފަށްޓަވައިފައި ވަނީ 17 އަހަރުން ދަށުގެ ޢުމުރު ފުރައެވެ. މި ޢުމުރު ފުރައިގެ ސާމްޕަލް ނެގުން ކުރިއަށް ގެންދަވަނީ އެޑިޔުކޭޝަން މިނިސްޓްރީއާއި ސްކޫލުތަކާ ގުޅިގެން ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ލޭނެގުމަށްޓަކައި ކުދިން ގެންދެވޭނީ އެކުދިން ދިރިއުޅޭ ސަރަޙައްދަކާ އެންމެ ކަރި ސްކޫލަކަށް ކަމަށް ވިދާޅުވިއެވެ. ސާރވޭ ހެދުމަށް ކުދިން ގެންދަނީ ބެލެނިވެރިންނާ އެކުގައި ކަމަށް ވެސް ޑރ.ރަހީމާ ވިދާޅުވިއެވެ.
"އެންޓިބޮޑީ ޓެސްޓްޓަކަށް ވާތީ ލޭނަގައިގެން މިޓެސްޓް ކުރެވެނީ. ޑަބްލިޔޫ އެޗްއޯގެ ގައިޑްލައިންގެ މިންގަނޑުތަކުގައިވާ ގޮތަށް ސަލާމަތީކަންތައް އަޅުގަނޑުމެން ދަމަހަށްޓާނެކަމުގެޔަޤީންކަން އަރުވަން." ޑރ ރަޙީމާ ވިދާޅުވިއެވެ.
ޓެސްޓްހެދުމަށް ލޭނަގާނީ ވަރަށް ކުޑަ މިންވަރަކަށް ކަމަށާއި ސާޕްމްޕަލް ނެގުމުގައި ޙަރަކާތްތެރިވާނީ އެޗްޕީއޭގެ ރެޕިޑް ރެސްޕޮންސް ޓީމްތަކުންކަމަށް ރަޙީމާ ވިދާޅުވިއެވެ.
މިސާރވޭގައި ކޮންމެ ޢުމުރު ފުރައެއްވެސް ހަފްތާއެއްގެ ތެރޭގައި ނިންމާ ލުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ޤައުމީ ޔުނިވަރސިޓީން ވިދާޅުވިއެވެ. މިސާރވޭގެ މަސައްކަތް ފަށްޓަވައިފައި ވަނީ މީގެ ދެދުވަސް ކުރިންނެވެ. އެންޓި ބޮޑީ ސާރވޭ ކުރަމުންދަނީ އެޗްޕީއޭއާއި ޤައުމީ ޔުނިވަރސިޓީ ގުޅިގެންނެވެ.