24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓްކުރި 875 މީހުންގެ ތެރެއިން ޕޮޒިޓިވް ވީ 2 މީހުން

24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓްކުރި 875 މީހުންގެ ތެރެއިން ޕޮޒިޓިވް ވީ 2 މީހުން ކަމަށް ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ހާމަކޮށްފިއެވެ. މި ދެ މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 1903 ށް އަރާފައެވެ.

އެޗްޕީއޭގެ މެޑިކަލް އޮފިސަރ ނަޒްލާ ރަފީޤް ވިދާޅުވި ގޮތުގައި  ކޮވިޑް ބަލިން މިއަދު އެކަނިވެސް 64 މީހުން ވަނީ ރަނގަޅުވެފައެވެ. އެހެންކަމުން ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 827 އަށް އަރާފައެވެ. މިހާރު ބަލިޖެހިފައިވާ މީހުންގެ ގޮތުގައި ތިބީ 1066 މީހުންނެވެ. މިހާތަނަށް ރާއްޖެއިން ވަނީ 30،021 މީހުން ކޮވިޑަށް ޓެސްޓް ކޮށްފައެވެ. ކަރަންޓީނުގައި މިހާރު ތިބީ 1082 މީހުންނެވެ. އައިސޮލޭޝަންގައި ތިބީ 1297 މީހުންނެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.