
ބިދޭސީން ދިރިުޅޭ 33 ތަނެއް މޮނިޓަރިންގެ ހާލަތަށް ގެނެވި އެތަންތަނުން ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް މަބްރޫކް އެންއީއޯސީގެ ތަރުޖަމާނު މަބްރޫކު ވިދާޅުވެއްޖެއެވެ. މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަައި މަބްރޫކް ވިދާޅުވީ އެފަދަ 28 ތަނެއް ކުރިން ފާހަގަކުރެވިފައިވާ ކަމަށާއި މިހާރު އިތުރު 5 ތަނެއް ކޮންޓެއިންމެންޓު ސައިޓުގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ އެތަންތަނުގެ ތެރެއިން 30 ތަނަކުން ސާމްޕަލް ނަގައި ނިމިފަިއވާ ކަމަށެވެ. އަދި ބާކީ އޮތް 3 ތަނުން ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިިއަށްދާ ކަމަށެވެ، މަބްރޫކް ވިދާޅުވީ ބިދޭސީންގެ 612 މީހަކު މިވަގުތު ކަރަންޓީނުކުރެވިފައި ތިބި ކަމަށެވެ، އަދި 475 މީހަކު އެކަހެރިކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން މާލޭގައި އުޅޭނެ ތަނެއް ނެތި، ވަކި ވަޒީފާ އެއް އަދާ ނުކުރާ މީހުންގެ ތެރެއިން 566 މީހަކު ފާހަގަކުރެވި ދަނާލަކަށް އެކޮމަޑޭޝަނަކަށް ގެންދެވިފައިވާ ކަމަށް ވެސް މަބްރޫކު ވިދާޅުވިއެވެ.