
މާލެއިން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން އިތުރު ދެ މީހަކު ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް އެން.އީ.އޯ.ސީ އިން ކުރިއަށްދާ ނުސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވެއްޖެއެވެ.
މާލެއިން ބަލިޖެހުނު މީހުންގެ ހާލު ރަނގަޅު ނަމަވެސް އިތުރު ދެ މީހަކު ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަފްޒަލް ވިދާޅުވި ގޮތުގައި އެއީ އުމުރުން 68 އަހަރުގެ އަންހެނަކާއި، އުމުރުން 48 އަހަރުގެ ޕާކިސްތާނު މީހެއް ކަމަށެވެ. މީގެތެރެއިން ޕާކިސްތާނު މީހާއަށް އިތުރަށް އޮކްސިޖަން ބޭނުންވާތީ އޭނާއަށް އޮތީ އޮކްސިޖަން ގުޅާފައި ކަމަށް ވިދާޅުވިއެވެ. ދެ ދިވެހީންގެ ހާލު ރަނގަޅުކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
އިއްޔެއާއި ހަމައަށް ޖުމުލަ 191 މީހަކަށް ކޯވިޑް ޖެހިފައވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި މިއަދުގެ މިހާތަނަށް 12 މީހަކަށް ބަލިޖެހިފައިވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ އާރް.އެސް.ސީ ކްލަސްޓަރާއި ބީ.ޒެޑް.އެމް، އަދި އެމް.އެޗް.އެފް ކްލަސްޓަރާއި ގުޅުން ހުރި މީހުން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.