
އިތުރު ހަ މީހަކަށް ކޯވިޑް ޖެހި މިއަދު ޕޮޒިޓިވް ވި މީހުންގެ އަދަދު ނަވާރައަށް އަރައިފިއެވެ. އެންއީއޯސީގެ ފަރާތުން ނުސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ މިއަދު އިރު އޮއްސެން އުޅެނިކޮށް ފެނުނު 13 ކޭހުގެ އިތުރުން ޕްރެސްއަށް ތައްޔާރުވަމުން ދިޔައިރު އިތުރު ހަ މީހަކު ޕޮޒޓިވް ވެފައިވާ ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި މިއަދު ފާހަގަކުރެވުނު އެންމެ ބޮޑު ކްލަސްޓަރ އަކީ އެމްއެންޑީ ކްލަސްޓަރެވެ. މިއީ އެމް.އެން.ޑީ.އެފް ކްލަސްޓަރެވެ. މި ކްލަސްޓަރުގައި 14 އެމްއެންޑީއެފްގެ ސާދަ މީހަކު ހިމެނޭ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
މިއަދު ބަލިޖެހުނު ފުރަތަމަ 13 މީހުންނަކީ ދިވެހިންނެވެ. މިރޭ ބަލިޖެހުނު މީހުންގެ ތަފްސީލު އަދި ހާމައެއް ނުކުރެއެވެ.