ސިފައިންގެ ފަސް މީހަކު ކޮވިޑަށް ޕޮޒިޓް ވެއްޖެ 

އިތުރު ހަމީހަކު ޕޮޒިޓިވްވެ ކޮވިޑަށް ޕޮޒިޓިވް މީހުންގެ ޢަދަދު 220 އަށް

ސިފައިންގެ ފަސް މީހަކު ކޮވިޑަށް ޕޮޒިޓް ވެފައިވާ ކަމަށް މިއަދުގެ ޕްރެސް ކޮންފަރެންސް ގައި ކާނަލް ޢަލީ ޙަޞަން ވިދާޅުވެއްޖެއެވެ.

އެންއީއޯސީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައިކާނަލް ޙުސައިން ޢަލީ  ވިދާޅުވީ ސިފައިންގެ ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ސިފައިންގެ އިތުރު ބަޔަކު ކަރަންޓީން ކޮށްފައިވާ ކަމަށެވެ. 

ކޮވިޑް އޮޕަރޭޝަންގެ އިސް ސަފުގައި ސިފައިން މަސައްކަތް ކުރަމުން ދަނީ ކޮވިޑް ގެ ނުރައްކަލަށް ހުށަހެޅި ދާނެކަން ދަނެ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއެކު އެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ. ކަރަންޓީނަށްދާ ސިފައިންވެސް މުއްދަތު ހަމަކޮށްފައި އަލުން އެނބުރި ހަމަ މި މަސައްކަތަށް ނުކުންނާނެ ކަމަށް ވެސް  ކާނަލް ޢަލީ ވިދާޅުވިއެވެ. 

ޕޮޒިޓިވް ވި ސިފައިންނަކީ ހުޅުމާލޭ ހަދަމުންދާ ކޮވިޑް ވިލެޖްގައި މަސައްކަތް ކުރަމުން ދިޔަ ސިފައިންކަމަށް ބައެއް މީޑިއާ ތަކުން ވަނީ ރިޕޯރޓް ކޮށްފައެވެ. އެންއީއޯސީ އިން ކުރިން ވިދާޅުވީ އެތަނުގައި މަސައްކަތް ކުރަމުން ދިޔަ ދެ ބިދޭސީއަކު ޕޮޒިޓިވް ކަމަށެވެ. އެޗްޕީއޭ އިން ބުނީ މި މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި، ބަންގްލަދޭޝް މީހެއްގެ އިތުރުން ޕާކިސްތާނު މީހެއް ކަމަށެވެ.

އިތުރު ހަ މީހަކު ޕޮޒިޓިވްވެ ޕޮޒިޓިވް މީހުންގެ އަދަދު މިހާރު ވަނީ 220 އަށް އަރާފައެވެ. ޕޮޒިޓިވް ވިކަމަށް އެންމެ ފަހުން އިޢްލާން ކުރި މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި، ބަންގްލަދޭޝް މީހަކާއި ޕާކިސްތާނު މީހެކެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.