މާސްކް ނާޅައިގެން 278 މީހުން ޖޫރިމަނާކޮށްފި

ފޮޓޯ: ޕޮލިސް މީޑިއާ

ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް މާލެ ސަރަޙައްދުގައި މާސްއެޅުން މަޖްބޫރުކުރިފަހުން އެއަމުރާ، ތަކުރާރުކޮށް ޚިލާފުވި 278 މީހުން ވަނީ ޖުރިމަނާ ކޮށްފައެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ ނަޒްލާ ވިދާޅުވީ މާސްކްނާޅައިގެން  1356 މީހަކަށް ނަޞޭޙަތްތެރިވެފައިވާ ކަމަށެވެ. އިޔެގެ ހަވީރު ހަޔަކުން މިއަދުގެ ހަވީރު ފަހެއް ޖެހުމާއަށް 137 މީހަކަށް ނަޝޭހަތްދީ 62 މީހަކު ޖޫރިމަނާ ކޮށްފައިވާކަމަށެވެ.

މާލެ ސަރަޙައްދުގައި މާސްކް ނާޅާ މީހުންނަށް ފުލުހުން ފުރަތަމަ ދެނީ ނަސޭހަތެވެ. ޖޫރިމަނާކުރަނީ ނަސޭހަތް ދިނުމުން ދެވަނަ ފަހަރަށް ވެސް އެކަން ރަނގަޅު ނުކުރުމުން ކަމަށް އެޗްއީއޯސީ އިން ވިދާޅުވެއެވެ. 

މާލެ ސަރަޙައްދުގެ އާންމު ތަންތަނުގައި އުޅޭއިރު މާސްކް ނާޅާ މީހުން 1000 ރުފިޔާއިން ޖޫރިމަނާ ކުރަން ނިންމި ނިންމުމަށް ޢަލުކުރަން ފެށީ މިމަހު ފުރަތަމަ ދުވަހުއެވެ. މި އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި ކަސްރަތުކުރާ ވަގުތުގައި ކަސްރަތު ކުރާ މީހުނާއި އެހެން މީހެއްގެ އެހީއާ ނުލާ މާސްކް އަޅައި، ނުނެގޭ މީހުން ވަނީ މާސްކް އެޅުމުގެ އަމުރުން އިސްތިސްނާކޮށްފައެވެ

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އެންމެފަހުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ބަލި މީހުން ތިބި ރަށްރަށުގައި ވެސް އާންމު ތަންތަނުގައި މާސްކް އެޅުން މަޖްބޫރު ކުރުން ހިމެނެއެވެ. މީގެ އިތުރުން އެނޫން ރަށްރަށުގައި އާންމު ތަންތަނުގައި މާސްކް އެޅުމަށް އެޗްއީއޯސީން އެދި ވަޑައިގަންނަވައެވެ. 

ކާފިއު ގަޑީގައި ބޭރުގައި އުޅެގެންވެސް ރޭ ވަނީ 157 މީހަކަށް ނަޞޭޙަތްތެރިވެ 78 މީހުން  ޖުރިމަނާ ކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.