ކޮވިޑް-19: ތޮއްޖެހިގެން ތަކެތި ގަންނަން ނުދޭ، އެސްޓީއޯއިން ގެނެސްދޭނެ: ޢަމްރު

ތޮއްޖެހިގެން ތަކެތި ގަތުމަށް ނޫދިއުމަށާއި، އޭގެ ބަދަލުގައި އެސްޓީއޯއިން ގޭގެއަށް ތަކެތި ގެންގޮސްދޭނެ ކަމަށް އެސްޓީއޯގެ މެނޭޖިންޑިރެކްޓަރ ޙުސައިން ޢަމްރު ވިދާޅުވެއްޖެއެވެ.

އޭނާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ގޭގައި ތިބެގެން ބޭނުންވާ ހުރިހާ އެއްޗެއް އެސްޓީއޯއިން ގަނެވޭނެ ކަމަށެވެ.

މީގެ ކުރިން ވެސް އެސްޓީއޯއިން ވަނީ އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވައިފައެވެ.

"ގޭގައި ތިބެގެން އެސްޓީއޯ ސުޕަމާކެޓުން ބޭނުން ހުރިހާ އެއްޗެއް ގަނެވޭނެ. ޑެލިވަރ ކޮށްދޭނެ. ތޮއްޖެހިގެން އެއްޗެހި ގަންނަން ނުދޭ،" ޢަމްރު ކުރައްވާ ފައިވާ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ޢަމްރު މިއަދު މި ޓުވީޓު ކުރެއްވީ އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން އެޗުޕީއޭއިން ކަށަވަރު ކޮށްދީފައިވަނިކޮށްނެވެ. އެމީހާ ޕޮޒިޓިވް ވެފައިވަނީ މާލެއިންނެވެ.

އެސްޓީއޯއާއި އެޗުޕީއޭ އިން ގެންދަވަނީ އެންމެވެސް ގައިދުރުކޮށްގެން އުޅުމަށެވެ. ބޭރަށް ނުނުކުމެ ގޭގައި މަޑު ކުރުމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.