އެސްޓީއޯއިން ސްޕޮންސަރކުރި "އެން އަޕްޑޭޓް އޮން ޓްރާންސްފިއުޝަން މެޑިސިން" ނިންމާލައިފި

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން(އެސްޓީއޯ)އިން ސްޕޮންސަރކުރި " އެން އަޕްޑޭޓް އޮން ޓްރާންސްފިއުޝަން މެޑިސިން" ހޯމަ ދުވަހު ނިންމާލައިފިއެވެ.

އޮކްޓޯބަރު 19 ން 21 އަށް ހޮޓެލް ޖެންއާއި އައި.ޖީ.އެމް.އެޗްގެ އޯކިޑް ހޯލުގައި މި ސެޝަން ތައް ކުރިޔަށް ގެންގޮސްފައިވަނީ ޓްރޭނިންގ އާއި ސީ.އެމް.އީ ހިމެނޭގޮތަށެވެ.

އައި.ޖީ.އެމް އެޗް ގެ ލެބޯޓްރީ މެޑިސިން، ނޭޝަނަލް ހެލްތު ކެއަރ އެކަޑެމީ އަދި އޭޝިއަން އެސޯސިއޭޝަން އޮފް ޓްރާންސްފިއުޝަން މެޑިސިން ގެ އިތުރުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމް ސްޕޮންސަރ ކޮށް އިންތިޒާމްކުރުމުގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުންވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

އައި.ޖީ.އެމް.އެޗް ގްރޫޕް އޮފް ހޮސްޕިޓަލްސް، މޯލްޑިވިއަން ބްލަޑް ސަރވިސް، ހުޅުމާލޭ ހޮސްޕިޓަލް، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ފުވައްމުލަކު ހޮސްޕިޓަލް، އޭ.ޑީ.ކޭ، ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ލެބޯޓްރީ ޓެކްނޮލޮޖިސްޓުން އަދި ނަރުހުންނާއި އެކު 150 އެއްހާ ބޭފުޅުން މި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެންފައި ވެއެވެ.

މި ޕްރޮގްރާމްގައި އޮކްޓޯބަރ މަހުގެ 19 ވަނަ ދުވަހު ކުރިޔަށްގެންދިޔަ "ޓްރޭނިންގ ޕްރޮގްރާމް އޮން ކްލިނިކަލް ޓްރާންސްފިއުޝަންއެންޑް ލެބޯޓްރީ ޕްރެކްޓިސަސް" އަކީލެބޯޓްރީ ޓެކްނޮލޮޖިސްޓުންނަށް ޚާއްޞަކޮށްގެން ގެންދެވުނު ސެޝަނެކެވެ.މީގެ އިތުރުން ޓްރާންސްފިއުޝަން ޕްރެކްޓިސަސްގެ އަޕްޑޭޓްތަކާއި ބެހޭގޮތުން ޑޮކްޓަރުންނަށް އެނގެންޖެހޭ ބައިތަކަށް ޚާއްޞަ ކޮށްގެންވެސް ޑޮކްޓަރުންނަށް ޚާއްޞަ ސެޝަންތަކެއްވެސް ކުރިޔަށް ގެންގޮސްފައިވެއެވެ.

މީގެ އިތުރުން ޓްރާންސްފިއުޝަން އެންޑް ޕޭޝަންޓް ކެއަރ، ގައި ނަރުހުންނަށް ކޮންމެހެން އެނގެންޖެހޭނޭ ކަންތައްތަކާއި ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަނެއްވެސް ކުރިޔަށް ގެންގޮސްފައިވެއެވެ.

(ޚަބަރާއި ފޮޓޯ: އެސްޓީއޯ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.