ސްޕޭނާއި، ޖަރުމަނާއި، ފްރާންސްގެ ބައެއް ހިސާބުން ފަތުރުވެރިން ރާއްޖެ އައުން މަނާކޮށްފި

ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު

ސްޕޭނާއި، ޖަރުމަނާއި، ފްރާންސްގެ ބައެއް ހިސާބުން ފަތުރުވެރިން ރާއްޖެ އައުމުން މަނާކޮށްފި ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނިއުސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެގައުމުތަކުގެ ބައެއް ސަރަހައްދުތަކުން މީހުންނަށް ރާއްޖެ ނާދެވެނީ މިރޭ ބާރައިގެ ފަހުން ނެވެ. އެގައުމުތަކުގެ ސިޓީތަކުގެ ތެރެއިން ރާއްޖެ ނާދެވޭނީ ކޮންސިޓީތަކަކުންކަން ފަހުން ހާމަކުރައްވާނެ ކަމަށެވެ.

އެމެރިކާއި އެފްރީގެ ޑޮކްޓަރުންގެ ޓީމެއް ބުރާސްފަތި ދުވަހު ރާއްޖެ އަންނާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ވިލިވަރުގެ ފޭސް ދޭއް އިތުރުކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ކުރިން ރިސޯޓެއްގެ ގޮތުގައި ހިންގި އއ. ވެލިދޫ އިތުރު ފެސިލިޓީއެއްގެ ގޮތުގައި ހަމަޖެހގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.