ކޮވިޑް-19: ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދީ ރަނގަޅުވި ދެމީހަކު މިއަދު ދޫކޮށްލައިފި

ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑް 19 އަށް ފަރުވާދިން މީހުންގެ ތެރެއިން ދެ މީހަކު މިއަދު ދޫކޮށްލައިފިއެވެ.

ދަރުމަވަންތަ ސްކޫލުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވީ އެ ދެމީހުންނަކީ ދެ ބިދޭސީން ކަމަށެވެ. އެމީހުން ދޫކޮށްލީ މިއަދުން މިއަދަށް ރާއްޖެއިން ފުރައިގެންދާ ގޮތަށް ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. އެ ދެމީހުންނަކީ ވެސް އިޓަލީގެ ދެމީހުންނެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ޑރ. މުހައްމަދު އިސްމާއީލް ވިދާޅުވީ އަދިވެސް އެކަކު އައިސޮލޭޓުކޮށްފައިވާ ކަމަށެވެ. އެއީ ވެސް އިޓަލީ މީހެއްކަމަށް އޭނާ ވިދާޅުވިއެވެ. އޭނާގެ ކިބައިން ކޮވިޑްގެ އެއްވެސް އަލާމާތެއް މިހާރު ނުފެންނަ ކަމަށް ވެސް ޑޮކްޓަރ ވިދާޅުވިއެވެ. އެހެންވީމާ އުންމީދު ކުރަނީ އޭނާގެ ޓެސްޓް ވެސް ނެގެޓިވްވާނެ ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިދެދުވަހު ދީނީ ނަސޭހަތްކަމަށް، މާދަމާއިން ފެށިގެން ފިޔަވަޅުއަޅާނެ ކަމަ

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ކަރަންޓީން ފެސިލިޓީތަކުގައި ތިބި މީހުންގެ ތެރެއިން މިހާރުވަނީ 49 މީހެއްގެ ސާމްޕަލް ނަގައިފައި ކަމަށެވެ. އެ އެންމެންގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެއްޖެ ކަމަށްވާނަމަ އެންމެން މާދަމާ ދޫކޮށްލައްވާނެ ކަމަށެވެ.

އެމީހުން ބަލައި އަންނައިރު އާއިލާއަކުން އެކަމަށްވުރެ ގިނަ މީހުން ނައުމަށް އެޗުޕީއޭއިން އެދިވަޑައިގެންނެވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެމީހުން ގެންނާނެ ތަން އެޗުޕީއޭއިން އާއިލާތަކަށް އަންގާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.