ވެލިގަނޑު އައިލަންޑް ރިސޯޓަށް އަރައިފޭބުން ވަގުތީ ގޮތުން ހުއްޓުވައި އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ.
އެރިސޯޓު އެހަލާތަށް ގެނައީ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި ބިދޭސީއެއް ފެނިގެން ކަމަށް އެޗުޕީއޭއިން ވިދާޅުވިއެވެ. އޭނާގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށާއި ނަތީޖާ ލިބެންދެން އެރަށަށް އަރައި ފޭބުން މަނާވާނެކަމަށް ވެސް އެޗުޕީއޭއިން ވިދާޅުވިއެވެ.