ރާއްޖޭގެ އެކިކަންކޮޅުތަކުގައި 641 ކަރަންޓީން ފެސިލިޓީ ގާއިމް ކުރެވިފައިވޭ: މަބުރޫކް

ނޮވެލް ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް ޝައްކުރެވޭ މީހުންގެ ތެރެއިން އައިސޮލޭޓް ކުރަންޖެހޭ މީހުންނާއި ކަރަންޓީނު ކުރަންޖެހޭ މީހުން ބައިތިއްބާނެ 641 ފެސިލިޓީއެއް ރާއްޖޭގެ އެކި ކަންކޮޅުގައި ގާއިމް ކުރެވިފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު މަބްރޫކު މިރޭ ވިދާޅުވިގޮތުގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް ވަނީ އެފެސިލިޓީ ގާއިމްކޮށްފައެވެ. އެގޮތުން ހއ. އަތޮޅުގައިވަނީ 29 ކަރަންޓީނު ފެސިލިޓީއާއި، 19 އައިސޮލޭޝަން ފެސިލިޓީ ގާއިމް ކޮށްފައެވެ. ހދ. ގައި ކަރަންޓީނު ކުރެވޭނެ 64 ފެސިލިޓީއާއި، އައިސޮލޭޝަނަށް ގެންދެވޭނެ 34 ފެސިލިޓީ ވަނީ ގާއިމްކޮށްފައެވެ. ށ. އަތޮޅުގައިވަނީ  ކަރަންޓީނު ކުރެވޭނެ 30 ފެސިލިޓީއާއި، އައިސޮލޭޝަނަށް ގެންދެވޭނެ 21 ފެސިލިޓީ ގާއިމްކޮށްފައެވެ. ނ. އަތޮޅު ގައި ކަރަންޓީނު ކުރެވޭނެ 19 ފެސިލިޓީއާއި، އައިސޮލޭޝަނަށް ގެންދެވޭނެ 16 ފެސިލިޓީ ގާއިމްކޮށްފައިވެއެވެ.

ރ. އަތޮޅު ގައި ކަރަންޓީނު ކުރެވޭނެ 17 ފެސިލިޓީއާއި، އައިސޮލޭޝަނަށް ގެންދެވޭނެ 33 ފެސިލިޓީ ގާއިމްކޮށްފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ. ބ. އަތޮޅު ގައި ކަރަންޓީނު ކުރެވޭނެ 42 ފެސިލިޓީއާއި، އައިސޮލޭޝަނަށް ގެންދެވޭނެ 41 ފެސިލިޓީ ގާއިމްކޮށްފައިވެއެވެ. ޅ. އަތޮޅު ގައި ކަރަންޓީނު ކުރެވޭނެ 12 ފެސިލިޓީއާއި، އައިސޮލޭޝަނަށް ގެންދެވޭނެ 5 ފެސިލިޓީވެއެވެ. ކ. އަތޮޅު ގައި ކަރަންޓީނު ކުރެވޭނެ 8 ފެސިލިޓީއާއި، އައިސޮލޭޝަނަށް ގެންދެވޭނެ 8ފެސިލިޓީ  ގާއިމް ކޮށްފައިވެއެވެ. އެއީ ކ. އަތޮޅުގައި ހުރި މައި ފެސިލިޓީތަކުގެ އިތުރުން ހުރި އަދަދެވެ. އއ. އަތޮޅު ގައި ހުރީ ކަރަންޓީނު ކުރެވޭނެ 10 ފެސިލިޓީއާއި، އައިސޮލޭޝަނަށް ގެންދެވޭނެ 9 ފެސިލިޓީއެވެ. އއދ. އަތޮޅު ގައި ކަރަންޓީނު ކުރެވޭނެ 23 ފެސިލިޓީއާއި، އައިސޮލޭޝަނަށް ގެންދެވޭނެ 12 ފެސިލިޓީއެވެ. ވ. އަތޮޅު ގައި ކަރަންޓީނު ކުރެވޭނެ 4 ފެސިލިޓީއާއި، އައިސޮލޭޝަނަށް ގެންދެވޭނެ 9 ފެސިލިޓީއެވެ. މ. އަތޮޅު ގައި ކަރަންޓީނު ކުރެވޭނެ 9 ފެސިލިޓީއާއި، އައިސޮލޭޝަނަށް ގެންދެވޭނެ 12 ފެސިލިޓީ އެބަހުއްޓެވެ. ފ. އަތޮޅު ގައި އައިސޮލޭޝަނަށް ގެންދެވޭނެ 8 ފެސިލިޓީ އެބަހުއްޓެވެ.   ދ. އަތޮޅު ގައި ހުރީ ކަރަންޓީނު ކުރެވޭނެ 6 ފެސިލިޓީއާއި، އައިސޮލޭޝަނަށް ގެންދެވޭނެ 8 ފެސިލިޓީއެވެ. ތ. އަތޮޅު ގައިހުރީ ކަރަންޓީނު ކުރެވޭނެ 18 ފެސިލިޓީއާއި، އައިސޮލޭޝަނަށް ގެންދެވޭނެ 8 ފެސިލިޓީއެވެ.

ލ. އަތޮޅު ގައި ކަރަންޓީނު ކުރެވޭނެ 28 ފެސިލިޓީއާއި، އައިސޮލޭޝަނަށް ގެންދެވޭނެ 22 ފެސިލިޓީއެވެ. ގއ. އަތޮޅު ގައިހުރީ ކަރަޓީނު ކުރެވޭނެ 16 ފެސިލިޓީއާއި، އައިސޮލޭޝަނަށް ގެންދެވޭނެ 8 ފެސިލިޓީއެވެ. ގދ. އަތޮޅު ގައި ކަރަންޓީނު ކުރެވޭނެ 14 ފެސިލިޓީއާއި، އައިސޮލޭޝަނަށް ގެންދެވޭނެ 12 ފެސިލިޓީ އެބަހުއްޓެވެ. ފުވައްމުލަކު ސިޓީ ގައި ކަރަންޓީނު ކުރެވޭނެ 4 ފެސިލިޓީއާއި، އައިސޮލޭޝަނަށް ގެންދެވޭނެ 2 ފެސިލިޓީ އެބަހުއްޓެވެ. އައްޑޫސިޓީގައި ގައި ކަރަންޓީނު ކުރެވޭނެ 5 ފެސިލިޓީއާއި، އައިސޮލޭޝަނަށް ގެންދެވޭނެ 4 ފެސިލިޓީ އެބަހުއްޓވެ. އެއީ  ރީޖަނަލް ހޮސްޕިޓަލުގެ ފެސިލީޓީތަކުގެ ބޭރުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އޭގެ އިތުރުން ވެލިދޫ ރިސޯޓުގައި އައިސޮލޭޝަން ފެސިލީޓީތަކެއް ހެދުމަށްވަނީ ނިންމައިފައެވެ. އަދި ވިލިވަރު ރިސޯޓުގައި އިތުރު 100 ފެސިލިޓީ ތަރައްގީ ކުރާގޮތަށް ވެސް ވަނީ ހަމަޖަހިފައެވެ. ޓޫރިޒަމް މިނިސްޓްރީން ގެންދަވަނީ ހުޅުލޭ އައިލެންޑް ހޮޓަލާ ވާހަކަ ދައްކަދައްކައި އެތަންވެސް ފެސިލިޓީއެއްގެ ގޮތުގައި ބޭނުކުރެވިދާނެތޯ ބަލަމުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮވިޑް-19 ޓެސްޓް ކުރުމަށް ރާއްޖެއަށް މިހާރުވަނީ އިތުރު ފަސްހާސް ސްކްރީން ކިޓް ގެނެސްފައެވެ. އޭގެ އިތުރުން  އެއްހާސް ކޮންފޮމޭޓްރީ ކިޓް ވެސް ވަނީ ގެނެސްފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.  "ސްކްރީން ކިޓުގެ މާނައަކީ ސްކްރީނިން ކިޓަކުން ޓެސްޓް ކުރީމަ އެނގޭ އެމީހާގެ ގައިގައި ކޮރޯނާގެ އެއްވެސް ވައިރަސްއެއްހުރިތޯ. ކޮންފޮމޭޓްރީ ކިޓްގެ ބޭނުމަކީ ކޮވިޑް-19 ތޯ ޔަގީންކުރުން،" މަބްރޫކް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.