އެންގުމާ ޚިލާފަށް ރިސޯޓަށް އެރި މުވައްޒަފަކު ބަންދުކޮށްފި

ޑިރެކްޓަރޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމާ ޚިލާފަށް ހއ. ރިސޯޓަކަށް އެރި އެ ރިސޯޓުގެ މުވައްޒަފަހު ބަންދު ކޮށްފި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ރިސޯޓުތަކަށް ދިޔުމާއި ފޭބުން މަނާކޮށްފައިވާ މިދަނޑިވަޅުގައި އެމީހާ އެރިސޯޓަށް އަރާފައިވަނީ އިއްޔެގެ ވަގިތެއްގައެވެ. އެރަށަށް އަރައިފައިވަނީ އުމުރުން 32 އަހަރުގެ ދިވެއްސެކެވެ. އޭނާ އެރަށަށް އެރުމުން މިރޭ 7:49 އެހައިކަންހާއިރު ފުލުހުންވަނީ އޭނާ ބަންދުކޮށްފައެވެ. ފުލުހުން މިހާރު ގެންދަނީ އެ މައްސަލަ ބަލަމުންނެވެ. ކޮރޯނާ ވައިރަސްއިން އެންމެން ރައްކާތެރި ކުރުމަށް ސަރުކާރުން ގެންދަވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެ އެންގެވުންތަކަށް އެންމެން ތަބާވުމަށް ޑޮކްޓަރުން ގެންދަވަނީ ގޮވައިލައްވަމުންނެވެ.

މިދުވަސްވަރު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން އަންގަވާ އެންގެވުންތަކަށް ތަބާނުވާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ފުލުހުން ވަނީ ކުރިންވެސް ވިދާޅުވެފައެވެ.  ރިސޯޓުން ފުރުމާއި އެރުން މަނާކޮށްފައިވަނިކޮށް މާލެއަތޮޅު ރިސޯޓަކުން އަމިއްލައަށް ދަތުރު ހަމަޖައްސައިގެން ވަގަށް ފުރައިގެން މާލެއައިސް މާލެއިން ފުވައްމުލަކު ސިޓީއަށް ދިޔަ އުމުރުން 30 އަހަރުގެ މީހަކާއި 29 އަހަރުގެ ދެމީހަކު ވެސް ފުލުހުންވަނީ ބަންދުކޮށްފައެވެ. އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ގެންދިއުމުން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުންވަނީ އެމީހުންގެ ބަންދަށް 15 ދުވަސް ޖަހައިދީފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.