
މިމަހު 19 އިން 26 އަށް (މިއަންނަށް ބުރާސްފަތިން ދެން އަންނަށް ބުރާސްފައްޗަށް) ސަރުކާރު ބަންދު ކުރަން ކެބިނެޓުން ނިންމަވައިފިއެވެ.
ދަރުބާރުގޭގައި ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު މަބްރޫކް ވިދާޅުވީ އެއީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެޅުއްވި ފިޔަވަޅެއް ކަމަށެވެ.
އެމުއްދަތުގައި އެއްވެސް ބަޔަކު ބޭކާރުގޮތުގައި ބޭރަށް ނުދިއުމަށް އޭނާ ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ ހަފްތާއަކަށް ސަރުކާރު ބަންދޫކުރީ މުވައްޒަފުންނަށް ޗުއްޓީއެއް ދިނުމަށް ނޫންކަމަށެވެ. "އެއީ މޫދަށް ދިޔުމަށާއި ކޮފީ މޭޒުތަކަށް އެރުމަށް" ބަންދުކުރިކުރުމެއްނޫން ކަން އެންމެންގެ ސަމާލުކަމަށް ދަންނަވާ ކަމަށެވެ. އެއީ ކޮރޯނާ ވައިރަސް އިން ސަލާމަތްވުމަށްޓަކައި ގޭގައި ތިބުމަށް ބަންދުކުރި ކުރުމެއް ކަމަށް ވެސް ވިދާޅުވިއެވެ.